ރިއަލް މެޑްރިޑުން ލިވަޕޫލްގެ އެލެގްޒެންޑަރރ އާނޯލްޑް (25) ގެންނަން މަސައްކަތް ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ލިވަޕޫލާއެކު 2025 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް ހަދާފައިވާ އާނޯލްޑްގެ އައު ކޮންޓްރެކްޓެއް ލިވަޕޫލުން ހަދާފައެއް ނެތެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ކަނާތު ބެކްގެ ގޮތުގައި ބެލެވޭ އެލެގްޒެންޑަރ އާނޯލްޑް އަކީ ލިވަޕޫލްގެ ޔޫތު ޓީމުން ފެށިގެން އެޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ.
މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި 25 މެޗުން އޭނާ ވަނީ ތިން ގޯލް ޖަހައި ހަތަރު އެސިސްޓް ހަދާފައެވެ.
2025 ވަނަ އަހަރު އޭނާގެ ކޮންޓްރެކްޓް ހަމަވާއިރު ރެއާލް މެޑްރިޑުން ދަނީ ހުނަރުވެރި ޑިފެންޑަރު ސަންޓިއާގޯ ގެނައުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުމަށް މަސައްކަތް ކުރަމުންނެވެ.



