ލެޖެންޑަރީ ކުޅުންތެރިންގެ ލެޖެންޑަރީ ކެރިއަރުގައި ގިނަ ހަނދާންތަކެއް ފުރިފައިވެ އެވެ. އާޖެންޓީނާގެ ވިންގާ އެންޖެލް ޑި މާރިއާ އަކީ އޭގެ އެއް މިސާލެވެ. ހަގީގަތުގައި ވެސް ހުރިހާ ޒަމާނެއްގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އަށް އޭނާގެ ނަން ނަގާނެއެވެ. މިއީ އާޖެންޓީނާގެ ފޭނުން ފޭސްބުކްގައި ދައްކާފައިހުރި ވާހަކަތަކެވެ.

އެންޖެލް ޑި މާރިއާ ކޮޕާ އެމެރިކާގެ ދެވަނަ ޗެމްޕިއަންކަން ހޯދިއިރު، ލަ އަލްބިސެލެސްޓޭއިން ވަނީ އެޓީމުގެ ތަށި ފުދޭވަރަކަށް ރަނގަޅަށް ދިފާއުކޮށްފައެވެ.
އާޖެންޓީނާގެ ކޮންމެ ބޮޑު ފައިނަލެއްގައި ކަހަލަ ގޮތަކަށް ޑި މާރިއާ ވަނީ ލަނޑު ޖަހާފައެވެ. މިފަހަރު ފިޔަވައެވެ.
ސަޕޯޓަރުން ފާހަގަ ކުރާ ގޮތުގައި މިހާތަނަށް ކުޅުނު އެންމެ ފުރިހަމަ ކުޅުމެއް އާޖެންޓީނާގައި ކުޅެފައިވަނީ ޑިމާރިއާއެވެ. މެސީއަށް އާޖެންޓީނާގައި އެފެންވަރު ދައްކާލެވުނީ ޑިމާރިއާގެ ސަބަބުން ކަމަށް ގިނަ މީޙުން އެއްބަސްވެއެވެ.
ކޮޕާ އެމެރިކާ 2024 ކާމިޔާބުކޮށް ދެކުނު އެމެރިކާގެ ރެކޯޑް އޮތް އާޖެންޓީނާ ވަނީ 16 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.
އެންޖެލް ޑި މާރިއާ ވަކިވީ ލިބުނު ތައްޓަށްވުރެ ހިތާމައަކާވެސް އެކުގައެވެ. "އާނ، ހަގީގަތަކީ އަހަރެން އުފާ ނުވާތީ، މެސީގެ ފަޔަށް މެޗުގައި އަނިޔާވެ އެނާ ދަނޑުން ބާލަން ޖެހުމުން އަހަރެން މިހިރީ ދެރަވެފައި." ކޕާ އެމެރިކާގެ ޗެމްޕިއަންކަން ހޯދުމަށްފަހު ވަދާޢީ މެޗާއިބެހޭ ގޮތުން ދިން އިންޓަވިއުގައި ޑި މާރިއާ ބުންޏެވެ.



