2025 ވަނަ އަހަރާއި ހަމަޔަށް ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު، ލޫކަ މޮޑްރިޗްގެ ކޮންޓްރެކްޓް އައުކޮށްފިއެވެ.

އުމުރުން މިހާރު 38 އަހަރުގެ މޮޑްރިޗް ވަނީ މިހާތަނަށް އައިއިރު ރެއާލްއާއެކު 26 ތަށި ހޯދާފައެވެ. މި ރެކޯޑް އޮތީ މޮޑްރިޗްގެ އިތުރުން ސްޕެއިނުގެ ޑިފެންޑަރު، ނަޗޯ ފެނާންޑޭޒް އަތުގައެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ޖުމްލަ ހަ ފަހަރު ޔުއެފާ ޗެމްޕިއަންސް ލީގު އަދި ހަތަރު ފަހަރު ސްޕެނިޝް ލީގު ޓްރޮފީ އުފުލާލައިފައެވެ.

މޮޑްރިޗްގެ ކްލަބު ކެރިއަރުގައި ރެއާލަށް މިހާތަނަށް ކުޅެދިން 534 މެޗުގައި 39 ލަނޑުޖަހާފައިވާއިރު، ކްރޮއޭޝިއާ އަށް 178 މެޗު ހަމަކޮށް، އޭނާ އަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ.