ކޮޕާ އެމެރިކާގައި ލިބުނު ނާާމިޔާބުގެ ސަބަބުން މެކްސިކޯގެ ކޯޗު ހައިމޭ ލޮޒާނޯ ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރީ ގުރޫޕް ސްޓޭޖުގައި މެކްސިކޯއަށް ލިބުނު ނާކާމިޔާބީގެ ސަބަބުންނެވެ.

މެކްސިކޯ އާއެކު ލޮޒާނޯ ހޭދަކުރީ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ އެ ޓީމަށް 2023 ވަނަ އަހަރުގެ ގޯލްޑް ކަޕް ކާމިޔާބުކޮށްދީ، މިއަހަރުގެ ކުރީކޮޅު ކޮންކާކަފް ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި މެކްސިކޯ އިން 10 މޮޅު ހޯދިއިރު، ހަތް މެޗުން ވަނީ ބަލިވެފައެވެ. އަނެއް ހަތަރު މެޗުން ވީ އެއްވަރެވެ.