އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރަމަޟާން މަހަށް ޚާއްޞަކޮށްގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި އިފްތާރު ޕެކް ބެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
އެލައިޑްއިން ބުނީ، މިހާތަނަށް އިފްތާރު ޕެކް ބަހާފައިވަނީ މާލޭގެ ކިންގް ސަލްމާން މިސްކިތް، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، ވިޔަފާރިވެރިންގެ މިސްކިތް، ޖަލާލުއްދީން މިސްކިތް އަދި ހުޅުމާލޭގައި ހުންނަ ގްރޭންޑް މިސްކިތާއި މަސްޖިދު މުޙައްމަދު މިސްކިތުގައިކަމަށެވެ.
އެލައިޑުން އިތުރަށް ބުނީ، ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކުގައި ވެސް މާލެ ސަރަޙައްދުގެ އެހެނިހެން މިސްކިތްތަކުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން، ހުކުރު ދުވަހު ހުޅުމާލޭގެ އުސްމާން ބިން އައްފާން މިސްކިތުގައި އަދި ހޮނިހިރު ދުވަހު ވިލިނގިލީގެ މަސްޖިދުލް ބިއްރީގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެލައިޑުން ބުންޏެވެ.
މީގެ އިތުރުން މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް އެކުންފުނިން ވަނީ ރާވާފައިކަމަށް ވެސް އެލައިޑުން ބުންޏެވެ.



