ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ މާލެ ވިޔަފާރިވެރިންގެ މިސްކިތުން ފެން ކޭސްތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މި މައްސަލަ ތަހުޤީޤުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ މި ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. ދާދި ފަހުން ވަނީ މިސްކިތްތަކުގެ ފަންކާ ވަގަށް ނެގުމުގެ މައްސަލައެއްވެސް ފެންމަތިވެފައެވެ. އެ މައްސަލައިގައި އެކަކު ހައްޔަރުވެސް ކުރި ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ވަގަށް ނަގާފައިވާ ފަންކާތައް ވެސް ހޯދާފައެވެ.



