މޯލްޑިވިއަން އިން ޓްރިވެންޑްރަމް އަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.
މޯލްޑިވިއަން އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެއާލައިނުން ޓްރިވެންޑްރަމް އަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ރާއްޖެއާއި ޓްރިވެންޑްރަމް އާއި ދޭތެރޭ ދަތުރުތައް ބާއްވާނެ ކަމަށެވެ.
މިއާއެކު މޯލްޑިވިއަން އިން މާލެ އާއި ޓްރިވެންޑްރަމް އާއި ދޭތެރޭ ހަފްތާއަކު ފަސް ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުންޏެވެ.
މީގެ އިތުރުން މޯލްޑިވިއަން އިން ހަނިމާދޫ އެއާޕޯޓުން ކޮންމެ ހުކުރު އަދި ހޯމަ ދުވަހަކު ޓްރިވެންޑްރަމްއަށް ދަތުރުކުރާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
ރާއްޖެއިން ޓްރިވެންޑްޓްރަމް އަށް ކުރާ ދަތުރުތައް އިތުރު ކުރުމަށް ނިންމީ ޓްރިވެންޑްރަމް އަށް އޮތް ޑިމާންޑް ބޮޑުވުމުންނާއި، ދަތުރުވެރިންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
ޓްރިވެންޑްރަމް އަކީ ބޭސް ފަރުވާ ކުރުމަށް ވަރަށް ގިނަ ދިވެހިން ގޮސް އުޅޭ މަންޒިލެކެވެ.



