ކޮޕާއެމެރިކާގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދައިފިއެވެ.
ކޮލަމްބިއާއާއި ދެކޮޅަށް ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާ ކާމިޔާބުކުރީ 1-0 ކުންނެވެ.
މިތައްޓާއެކު އާޖެންޓީނާ ވަނީ 16 ވަނަ ފަހަރަށް ކޮޕާ އެމެރިކާގެ ތަށި ހޯދާފައެވެ. އަދި މިއީ ކޮލަމްބިއާ ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑުވެސް އާޖެންޓީނާއިން މުގުރާލުމުގެ ޝަރަފް ހޯދި މެޗެވެ. ކޮލަމްބިއާއިން 28 މެޗުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް އާޖެންޓީނާއިން މުގުރާލިއިރު އެންމެފަހުން ވެސް ކޮލަމްބިއާ ބަލިވީ އާޖެންޓީނާ އަތުންނެވެ.
ފައިނަލް މެޗުގެ ފަހުހާފް ފެށިގެން މާގިނައިރެއް ނުވަނީ އާޖެންޓީނާއިން މެސީ ބޭލިއެވެ. އެއީ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. އާޖެންޓީނާއަށް ތަށި ހޯދައިދިނީ މާޓިނޭޒްގެ ގޯލުންނެވެ. މިމެޗުގައި އާޖެންޓީނާ އިތުރު ގޯލެއްވެސް ޖެހިއެވެ. ނަމަވެސް އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމިއެވެ.
އާޖެންޓީނާއަށް މި ތަށި ލިބުމުން، މިއީ އެޓީމު ކުޅުނު ދުނިޔޭގެ އެންމެ ބޮޑު 3 މުބާރާތްވެސް ޖެހިޖެހިގެން އެޓީމަށް ލިބުމުގެ ރެކޯޑް ލިޔެވޭ ފަހަރެވެ. އެއީ މިފަހަރުގެ ޗެމްޕިއަންކަމާއި، މިދިޔަ ވޯލްޑުކަޕާއި އަދި އޭގެކުރން އޮތް ކޮޕާއެމެރިކާގައިވެސް ޗެމްޕިއަންކަން ހޯދުމެވެ.



