މ. ދިއްގަރުގައި ޖާގައިގެ ގޮތުން ތަނަވަސް 75 ހައުސިން ޔުނިޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވި އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު އެވެ.
ދިއްގަރުގައި އަޅާ ހައުސިން ޔުނިޓުތަކުގެ ބޮޑުމިނަކީ 1،000 އަކަފޫޓެވެ. މި ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ ސްޓޯރޭޖް އަދި ލޯންޑްރީއެއް ހުންނާނެ އެވެ.
އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.








