މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އިރުމަތީ ދެކުނު އޭޝިއާގެ ބާޒާރުތަކަށް ގަނޑުކުރި ކަނޑުމަސް އެކްސްޕޯޓް ކުރުމުގެ އާ ފުރުސަތުތަކެއް އިއުލާންކޮށްފިއެވެ. އެމްއެސްއެސްގެ އަމާޒަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އާއި ގުޅިގެން ދިވެހި މަހުގެ އުފެއްދުންތަކަށް އިތުރު މާކެޓް ހޯދުމެވެ.

މިފްކޯއިން މީގެ ކުރިން މަސް އެންމެ ގިނައިން ބޭރުކުރަނީ ތައިލެންޑަށެވެ. ތައިލެންޑަށްވުރެ ރަނގަޅު މާކެޓްތައް ހޯދައި ވިޔަފާރި ފުޅާކުރުމަށްޓަކައި އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

މިފްކޯއަށް ދިމާވެފައިވާ މާލީ ބުރައިން އަރައިގަތުމަށް އެ ކުންފުނިން ގިނަގުނަ މަސައްކަތްތައް ކުރަމުންދާއިރު އެސްޓީއޯއިން ވަނީ މިފްކޯގެ ޝެއާ ދޫކޮށްލާފައެވެ.