ޔޫތު މިނިސްޓްރީ އާއި އުރީދޫ މޯލްޑިވްސް އާއި ގުޅިގެން ރާއްޖޭގެ ގޭމަރުންނަށް ހާއްސަކޮށް ބާއްވާ "ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025" ރޭ ފަށައިފި އެވެ.
މިނިސްޓްރީން ބުނީ މި ފެސްޓިވަލްގައި އޮންލައިން އަދި އޮފްލައިން ގޭމިން މުބާރާތްތައް ބާއްވާއިރު މީގެ ތެރޭގައި ޕަބްޖީ، އީއޭއެފްސީ އަދި ޓެކެން ފަދަ ގޭމްތައް ހިމެނޭ ކަމަށެވެ.
މި މުބާރާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހު 12 އިން 14 އަށެވެ.
ކޮންމެ ގޭމެއްގެ އެއްވަނައަށް އަންނަ ފަރާތަކަށް 5،000ރ. ގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދެވަނައަށް 3،000ރ. ލިބޭއިރު، ތިންވަނައަށް 2،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.



