ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫ އަތޮޅު ކައުންސިލުން ތަރައްގީގެ މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ދިވެހިންނާއި ބޭރުގެ އިންވެސްޓަރުންނަށް ދައުވަތުދީ، އެ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ގަމުގައި އިންވެސްޓްމަންޓްގެ ފުރުސަތު ހުޅުވާލައިފަ އެވެ.
ގައްދޫ ކައުންސިލުން ބުނީ އިންވެސްޓްމަންޓް ސްކޯޕްގައި ހިމެނެނީ މުހިންމު ފަސް ދާއިރާ އެކެވެ. އެއީ؛
ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން
ދަނޑުވެރިކަމާއި ގުޅުންހުރި ކަންކަން
މަސްވެރިކަމާއި ގުޅުންހުރި ކަންކަން
ޕްރޮޑަކްޝަން އަދި މެނުފެކްޗަރިންގ އާއި ގުޅުންހުރި ކަންކަން
ރިސާޗްއާ ގުޅުންހުރި ކަންކަން
އެ ކައުންސިލުން ބުނީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްރީލް މަހު 30ގެ ކުރިން ފޯމު ހުށަހަޅަންވާނެ ކަމަށާއި، އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
މިއީ މި ސަރަޙައްދުގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަޞައްވުރާއި އެއްގޮތް ކަމެކެވެ.



