1-2 އިން އިންގްލެންޑް ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި އެވެ. މިއީ ޔޫރޯގެ ތަށި ސްޕެއިން އަށް ލިބުނު ހަތަރުވަނަ ފަހަރެވެ.
އެއްވެސް މެޗަކުން ބަލިނުވެ ސްޕެއިންއިން ތަށި ނެގިއިރު މެޗުގެ ފުރަތަމަ ގޯލު ޖެހީ ވެސް ސްޕެއިން އެވެ. އެއީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނިޓްގައި ޔަމާލް ތަނަވަސްކޮށްދިން ފުރުސަތަކުން ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ނިކޯ ވިލިއަމް އެވެ.
އިންގްލެންޑުން 72 ވަނަ މިނެޓުގައި ކޯލް ޕަލްމާ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޖޫޑް ބެލިންގހަމް ތަނަވަސް ކޮށްދިން ފުރުސަތެކެވެ. ނަމަވެސް މެޗު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިޔާ ނިކުއިން އޮޔާޒަބާލް ވަނީ ސްޕެއިންއަށް ޔޫރޯގެ 4 ވަނަ ތަށި ޔަގީން ކޮށްދީފައެވެ.
ޔޫރޯގެ ތަށި ހަތަރު ފަހަރަށް ސްޕެއިން އިން ހޯދިއިރު މިއީ މި މުބާރާތގެ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރަށް ހޯދުމުގެ ރެކޯޑް އޮތް ޓީމެވެ. ސްޕެއިން އާއި އެންމެ ގާތްކުރަނީ ތިން ފަހަރު ތަށި ހޯދި ޖަރުމަނެވެ.
ޔޫރޯ2024ގެ މުބާރާތް ނިމުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ ސްޕެއިންގެ ކެޕްޓަން ރޮޑްރީއަށެވެ. އަދި އެންމެ މޮޅު ހަނގު ކުޅުންތެރިއާގެ މަޤާމު ލިބުނީ ހަމަ އެ ޓީމުގެ ޔަމާލް އަށެވެ.



