ރޯދަ މަހާއި ދިމާކޮށް ބާޒާރުގެ އަގުތައް އެނގޭނެ "އަގުމަގު ޕޯޓަލް" ލޯންޗުކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 166 ދުވަސް ކުރިން - 1 މާރިޗް 2025 12:55
އިކޮނޮމިކް މިނިސްޓަރު ސައީދު އަގުމަގު ޕޯޓަލް ލޯންޗުކުރައްވަނީ: މި ޕޯޓަލްގައި މިހާރު ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުގެ އަގުތައް. / ފޮޓޯ: ޕީއެސްއެމް
އިކޮނޮމިކް މިނިސްޓަރު ސައީދު އަގުމަގު ޕޯޓަލް ލޯންޗުކުރައްވަނީ: މި ޕޯޓަލްގައި މިހާރު ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުގެ އަގުތައް. / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހާއި ދިމާކޮށް ވީހާވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ކާބޯތަކެތި ހޯދޭނެ މަގު ތަނަވަސް ކޮށްދިނުން.

ރޯދަ މަހާއި ދިމާކޮށް، މުޅި ރާއްޖޭގެ ބާޒާރުގައި ވިއްކާ ތަކެތީގެ އަގުތައް އެނގޭނޭ ގޮތަށް ފަރުމާކޮށްފައިވާ "އަގުމަގު ޕޯޓަލް" މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު އެންޑް ޓްރޭޑުން ލޯންޗުކޮށްފިއެވެ.

މި ޕޯޓަލް ލޯންޗުކޮށްދެއްވީ "ރޯދައަށް ތައްޔާރު" ގެ ނަމުގައި ބޭއްވި ޓީވީ ކަވަރޭޖެއްގައި މިނިސްޓަރު މުހައްމަދު ސައީދެވެ. މިނިސްޓަރު ވިދާޅުވީ މި ޕޯޓަލްގެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހާއި ދިމާކޮށް ވީހާވެސް ހެޔޮ އަގެއްގައި ރައްޔިތުންނަށް ކާބޯތަކެތި ހޯދޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.

މި ޕޯޓަލްގެ މުހިންމު ނުކުތާތައް:

1. އަގުތައް ކޮންމެ ހަފްތާއަކު އެއްފަހަރު އަދާހަމަކުރެވޭނެއެވެ.

2. އަގުތައް އަދާހަމަކުރާނީ އިކޮނޮމިކް މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުންނެވެ.

3. ކުރިމަގުގައި ވިޔަފާރިވެރިންނަށް އަމިއްލައަށް އަގުތައް ޕޯސްޓްކުރެވޭނެއެވެ.

4. މިހާރު ހިމަނާފައިވަނީ މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުގެ އަގުތަކެވެ.

5. ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގެ ފިހާރަތަކުގެ އަގުތައް ވެސް ހިމެނޭނެއެވެ.

"އެޕްލިކޭޝަން ވެގެންދާނީ އެންމެ ހެޔޮ އަގު ބަލާލަން ބޭނުންވީމަ ބަލާލެވޭނެ އެޕްލިކޭޝަން އަކަށް," މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މި ޕޯޓަލްގައި ހިމަނާފައިވާ ތަކެތީގެ ލިސްޓު އެކުލަވާލާފައި ވަނީ ބައިނަލްއަޤްވާމީ މިންގަނޑު ތަކަށް ބަލައިގެންނެވެ. މީގެ ސަބަބުން ރައްޔިތުންނަށް ގޭތެރޭގައި ބޭނުންކުރާ އަސާސީ ކާބޯތަކެތީގެ އަގުތައް ފަސޭހައިން ބެލޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%