ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރަން އުޅުނު 7 ބިދޭސީން ރޭ ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަންގެ ގާނޫނާއި ރާއްޖޭގެ ވިޔަފާރިއާބެހޭ ގާނޫނާ ހިލާފުވެގެން ހައްޔަރުކުރީ 6 ފިރިހެނުންނާއި އަންހެނެކެވެ.

ރޭ ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ހައްޔަރުކުރީ ލައިސަންސް ނެތި ވިޔަފާރި ކުރާތީއާއި ވިސާ ހޯދި ބޭނުން ނޫން މުޅިން އެހެން މަސައްކަތެއްގައި މަޝްއޫލުވެގެންނެވެ. މީގެތެރޭގައި އަންހެނަކުވެސް ހިމެނެއެވެ، އަދި އަމިއްލައަށް ކެފޭއެއް ހިންގުމުގައި ހަރަކާތްތެރިވި 3 ބިދޭސީން މީގައި ހިމެނޭއިރު އެތަނަކީ އެމީހުން އެއްވެސް ހުއްދައެއް ނުނަގައި ވަގަށް ހިންގަމުން އައި ކެފޭއެކެވެ. އެތަނަކީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގެ މިންގަނޑާއި ހިލާފަށް ހިންގަުން އައި ތަނެއްކަމަށް ވީއިރު އެތަނުގައި އެމީހުންގެ ވިޔަފާރީގެ ހުއްދައެއްވެސް ނެތެވެ.
ބިދޭސީން ގާނޫނަށް އަހުލުވެރިކޮށް އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި އެފަދަ ހުރިހާ އެންމެން ރާއްޖެއިން ޑީޕޯޓް ކުރާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.



