މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ގދ. ގައްދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް މުހައްމަދު އަލީގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވީ މިޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަމާއި ތަރައްޤީ ޔަގީން ކުރުމަށްޓަކައި މިއިންތިޚާބު ވަރަށް މުހިންމު ކަމަށާއި އަދި އެކަމަށްޓަކައި ސަރުކާރު ކެނޑިޑޭޓުންނަށް ވޯޓްދެއްވުމަށެވެ.މިމޭރުމުން ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ "ސަބަބަކީ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ހިންގުމުގައި، ރާއްޖޭގެ ގާނޫނު އަސާސީ އޮތްގޮތުން ކޮންމެހެން މުހިންމު އެއްބާރުލުންތަކެއް ލިބިގެން ނޫނީއްޔާ ރައްޔިތުން ބޭނުންވާ ކަންކަން ނުކޮށްދެވޭނެ ގޮތަށް ކަންތައްތައްް ބައްޓަންވެފައި އޮތުމާއި އެކީގައި، އެހެންވީމަ އެ މަޖިލީހުގެ މުހިންމުކަން މި ބޮޑުވަނީ،". ކަމަށެވެ.ރައީސް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ތެރެއިން ބޭނުންވާ އެއްބާރުލުން ވަރަށް ބޮޑަށް މުހިންމު ވެގެންދާ ކަމަށާއި އެކަންތައްތައް ފުރިހަމަކުރުމުގައި ވަރަށް ބާރު ސުޕީޑެއްގައި ކަންކަން ކުރައްވަން ބޭނުންވެލައްވާކަމަށް ވިދާޅުވިއެވެ.މިޖަލްސާގައި ވާހަކަ ދައްކަވަމުން ގައްދޫދާއިރާގެ ރައްޔިތުންގެ ކިބައިން އެކަމަށް އެދިލައްވަމުން އެމަނިކުފާނު ވިދާޅުވީ " މި ދާއިރާގެ ރައްޔިތުން ކިބައިންވެސް އެދެން އޮތީ، އިންތިހާބުގައި ވޯޓު ދެއްވާއިރު، މި ދަންނަވާ އެއްބާރުލުން އަޅުގަނޑަށް ދެއްވާނެ ބޭފުޅަކު ތިޔަބޭފުޅުން ހިޔާރު ކުރުން އެއީ ވަރަށް މުހިންމު ކަމެކޭ. މި ފަސް އަހަރަކީ ތިޔަބޭފުޅުންގެ ތަރައްގީއަށްޓަކައި، ތިޔަބޭފުޅުން ތި އެދިވަޑައިގަންނަވާ ތަރައްގީ ހާސިލް ކުރުމުގައި އެއްވެސް ކަހަލަ އުނދަގުލެއް ކުރިމަތިވިޔަ ނުދޭނެ ފަސް އަހަރަށް ހެއްދުވުމަށްޓަކައި މި ވޯޓު މުހިންމު ވެގެން މި ދަނީ،". ކަމަށެވެއެހެންކަމުން އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އޮތް، އަދި އެމަނިކުފާނުގެ ތާއިދު އޮތް ކެންޑިޑޭޓަކު ހޮއްވަވާ ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ އުއްމީދުތަކުގައި ސަރުކާރުން ކުލަ ޖައްސާ ދިނުމަށް، ޒިންމާދާރު ކަމާއި ތެދުވެރިކަމާއި އެކީގައި މަޖިލީސް ތެރެއިން އެހީތެރިކަން ދެއްވާނެ ބޭފުޅެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ."ބާކީ މި އޮތީ ދެ ތިން ދުވަސް، މިހާތަނަށް ތި ކުރި މަސައްކަތުގެ އިތުރުން، އިތުރު ހަރުފަތްތަކަކަށް އެންމެން އެކުވެރިކަމާއި އެކީގައި މަސައްކަތް ގެންގޮސްދެއްވާ، ގެންގޮސް މި މަސައްކަތް އަޅުގަނޑުމެންގެ މުސްތަގުބަލަށްޓަކައި، މިހާރަށްޓަކައި ނިންމާ ނިންމުމަކަށް މިކަން ކޮށްދެއްވާ ތަރައްގީއާއި ހަމަޖެހުމާއި ރައްކާތެރިކަމަށް ދެއްވާ ވޯޓެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކެންޑިޑޭޓުން ހޮވާ ދެއްވާށޭ،". ރައީސް ވިދާޅުވިއެވެ.