ސިކުނޑި ކާލާ ނުރައްކާތެރި ބައްޔެއް އިންޑިއާގައި ފެތުރެން ފަށައިފިއެވެ. މި ބަލި މިހާރު ފެތުރެމުންދަނީ ދިވެހިން ގިނަ އަދަކަށް ދިރިއުޅޭ އަދި ބޭސްފަރުވާއަށް ގޮސްއުޅޭ ކެރެލާގައެވެ.
އިންޑިއާގެ ކެރެލާގައި ދިރިއުޅޭ މީހުންނާއި އެގައުމަށްދާ ދިވެހިން އިންތިހާއަށް ސަމާލުވުމަށް އިލްތިމާސް ކުރާއިރު އަމީބާ ނަމަކަށްކިޔާ މި އިންފެކްޝަން ހަށިގަނޑަށް ވަންނަނީ ހަށިގަނޑުގައި ހުންނަ ލޯވަޅުތަކުން ކަމަށް އިންޑިއާގެ ކޮންސިއުލޭޓް ޖެނެރަލް އިން ނެރުނު ބަޔާނުގައި ވެއެވެ.
ކޯރުތަކާއި ސްވިމިންގ ޕޫލްތަކުން ދުރުހެލިވުމުގެ މުހިންމުކަމަށް ބަޔާންކޮށް ކޮންސިއުލޭޓުން ލަފާދެނީ ، ސްވިމިން ޕޫލަށް އެރޭ ނަމަ، ކަންފަތާއި ނޭފަތަށް ފެން ނޭޅޭ ގޮތަށް 'އިޔަރ ބަޑް' އަދި 'ނޭސަލް ކްލިބް' ބޭނުންކުރުމަށެވެ.
މި އިންފެކްޝަންގެ އަލާމާތްތަކުގެ ތެރޭގައި ކެއްސުން، ބޮލުގައި ރިހުން، ހޮޑުލުން ފަދަ ކަންކަން ހިމެނެއެވެ. ރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް ވެސް ވަނީ އެއްވެސް ދިވެއްސަކަށް މިއިން އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކޮށްފަ އެވެ.



