ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލެ ހޮޓެލް ހިމެނޭ ގޮތަށް ނޮން ކޯ ބިޒްނަސްތަކުން ދުރަށް ދިޔުމަށް ނިންމައިފި އެވެ.
އެސްޓީއޯގެ ޕޯޓްފޯލިއޯއަށް ސްޓްރެޓެޖިކް ބަދަލެއް އައުމުން، ހުޅުމާލޭގައި ހުންނަ 5 ތަރީގެ ހޮޓެލް ހިމެނޭ ގޮތަށް ނޮން ކޯ ވިޔަފާރިތަކުން ވަކިވާން ރާވާފައިވާކަން އިއުލާންކުރީ އަހަރީ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމެވެ.
ރެޑިސަން ބްލޫއާ ގުޅިގެން 2011 ވަނަ އަހަރު ތަރައްގީކުރަންފެށި ހޮޓާ އެސްޓީއޯއިން ދޫކޮށްލާއިރު ފާހަގަކޮށްލެވޭ މުހިއްމު ކަމަކީ މި ހޮޓަލަކީ ބޭރުގެ އާމްދަނީ އިތުރުކުރުމުގެ މަގުސަދުގައި ޓޫރިޒަމް ދާއިރާއަށް އެސްޓީއޯއިން ފުޅާކުރުމުގެ ބައެކެވެ. ނަމަވެސް މި މަޝްރޫއަށް ކުރިމަތިވި ނާކާމިޔާބީތަކާއެކު ޝިމާދު ވިދާޅުވިެވެ. "އެސްޓީއޯ ހޮޓާ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ހޯދިފައެއް ނުވޭ. އެޗް.ޑީ.ސީއާއެކު އެކަމުގެ އެންމެ ފަހުގެ މަރުހަލާގެ މަޝްވަރާތައް ކުރަމުން މިދަނީ"
އެސްޓީއޯގެ މިޝަންގެ މައިގަނޑު ނޫން ވިޔަފާރިތަކުން ޑިވެސްޓްކޮށްގެން އޮޕަރޭޝަންތައް ސްޓްރީމްލައިން ކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، މިފްކޯގެ އެސްޓީއޯގެ ހިއްސާ ވެސް ސަރުކާރަށް އަނބުރާ ދިީފައިވާ ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުނީ އެކުންފުންޏަށް ލިބުނު ނުވަތަ އެމްޓީޑީސީއާ އެކު ކުރިން ސަރުކާރުން ހަދާފައިވާ ޑީލްގައި ހިމެނޭ ނ.އެކުޅިވަރު ރަށުގެ ބަދަލުގައި މާލެއިން ބިމެއް ލިބިފައިވާ ކަމަށެވެ. މި ނިންމުމަކީ ގައުމީ އިގްތިސާދީ ލަނޑުދަނޑިތަކާ އެއްގޮތަށް އެސްޓީއޯގެ އެސެޓްތައް އެންމެ ފުރިހަމައަށް ބޭނުންކުރުމަށް ގެންގުޅޭ އެޑެޕްޓިވް އެޕްރޯޗަށް އަލިއަޅުވާލާ ނިންމުމެކެވެ.
ހުޅުމާލެ ހޮޓަލުގެ ފައިނަލް ރިޒޮލިއުޝަނާ ގުޅޭ ގޮތުން ގޮންޖެހުންތައް ދެމިއޮތްއިރު، އެސްޓީއޯއިން ދަނީ ވިޔަފާރި ޕޯޓްފޯލިއޯ އޮޕްޓިމައިޒްކޮށް، މައިގަނޑު ދާއިރާތަކުގައި ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އޮޕަރޭޝަނަލް އެފިޝަންސީ އިތުރުކުރުމަށް މަސައްކަތް ކުރަމުން ކަމަށްވެސް އެކުންފުނިން ބުނެއެވެ.



