އެމެރިކާގެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި އެކަނިވެސް ރަޝިޔާގެ ޖީޑީޕީ %5 އިތުރުވެއްޖެއެވެ.
އެގައުމުގެ އިގްތިސާދު ކުރިއެރީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ޗައިނާ އާއި އިންޑިއާ ފަދަ ގައުމުތަކާއެކު ވިޔަފާރި ފުޅާކޮށްގެންނެވެ.
ޔުކްރޭނުގެ މައްސަލާގައި އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ރަޝިއާގެ އެތައް ބިލިއަން ޑޮލަރެއް ހިފަހައްޓާފައިވާތީ އެކަމުގެ އަސަރު ކުޑަކުރުމަށް ރަޝިއާއިން އެޅި ފިޔަވަޅަކީ އެގައުމުގެ އެތެރޭގެ ސިނާއަތްތައް ކުރިއެރުވުމާއި ހުޅަނގުން ބޭރުގެ ގައުމުތަކުން އިންވެސްޓްމެންޓުތައް ހޯދުމެވެ. މީގެ އިތުރުން އޭޝިއާ އާއި ޚާއްސަކޮށް ޗައިނާއާ ދިމާލަށް ރަޝިޔާގެ މިސްރާބު ބަދަލުކޮށްު އަގު ހެޔޮކޮށް ވިޔަފާރި ފެށުމުގެ ނަތީޖާއަކީ އެގައުމުގެ އިގްތިސާދަށް އައި ހެޔޮ ބަދަލެވެ. މީގެ އިތުރުން އެމެރިކާ ޑޮލަރު ދޫކޮށް ރުބެލްއާއި ޔުއާންއިން ވިޔަފާރިކުރުމުގެ ސަބަބުން އެގައުމުގެ ވިޔަފާރި އެތައް ގުނައަކަށް އިތުރުވިއެވެ.
ހުޅަނގާއި އެމެރިކާ ހީކުރީ ރަޝިއާ އިނދަ ޖައްސާލެވޭނެ ކަމަށެވެ. ނަމަވެސް އެމީހުންގެ ޕްލޭންތައް ފެއިލްވީ ސީދާ ހުޅަނގުގެ ގައުމުތަކުންވެސް މެދުވެރިއަކު ބެނުންކޮށް ރަޝިއާގެ ތެލާއި ގޭސް އިމްޕޯޓް ކުރުމުންނެވެ.



