Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމެރިކާ-ރާއްޖެ ޓިފާ ކައުންސިލް: އިންވެސްޓްމަންޓްތަކާއި އިޤްތިޞާދަށް ސްޓްރެޓެޖިކް ބޫސްޓެއް

އެމެރިކާ-ރާއްޖެ ޓިފާ ކައުންސިލް: އިންވެސްޓްމަންޓްތަކާއި އިޤްތިޞާދަށް ސްޓްރެޓެޖިކް ބޫސްޓެއް

ޢަބްދުﷲ ޖުނައިދު
784 ދުވަސް ކުރިން - 13 ޖުލައި 2024 13:46
އިކޮނޮމިކް މިނިސްޓަރު ސަޢީދު
އިކޮނޮމިކް މިނިސްޓަރު ސަޢީދު
ޚުލާސާ

ނިމިގެންދިޔަ އެމެރިކާ-މޯލްޑިވްސް ޓިފާ ކައުންސިލްގެ ބައްދަލުވުމުން ، ބޭރުގެ އިންވެސްޓްމަންޓްތައް ޝައުޤުވެރިކުރުމާއި އެކު މި އުނދަގޫ އިޤްތިޞާދު ކުރިއަރައި ދަރަނި ލުއިކުރުމުގެ އިތުރު އުއްމީދު ލިބިއްޖެއެވެ.

ނިމިގެން މިދިޔައީ މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު އެމެރިކާގައި މުހިއްމު ބައްދަލުވުމެއް ނިންމާލި ހަފްތާ އެކެވެ. އެމެރިކާއާއި ރާއްޖޭގެ ޓްރޭޑް އެންޑް އިންވެސްޓްމަންޓް ފްރޭމްވޯކް އެގްރީމަންޓް (ޓިފާ) ކައުންސިލްގެ 3 ވަނަ ބައްދަލުވުމެވެ.

Advertisement

Advertisement 1

ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު ކޯ-ޗެއާކަން ކުރެއްވި މި ބައްދަލުވުމުގައި ދެކުނު އަދި މެދުތެރޭ އޭޝިއާގެ އެސިސްޓެންޓް ޔުނައިޓެޑް ސްޓޭޓްސް ޓްރޭޑް ރެޕްރެޒެންޓޭޓިވް (އޯއެސްޓީއާރު) ބްރެންޑަން ލިންޗް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމަކީ ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ.ރާއްޖެއަށް ލިބޭ އެންމެ ބޮޑު ފައިދާއަކީ ވިޔަފާރިއާއި އިންވެސްޓްމަންޓްގެ މާހައުލު އިތުރުވެ، ދެމެހެއްޓެނިވި އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިވުމެވެ.

މުހިންމު އެއްބަސްވުންތަކާއެކު ރާއްޖެއަށް ލިބިދޭ ފައިދާތައް:

ފިކުރީ މުދަލުގެ ރައްކާތެރިކަން އިތުރުކުރުން:

ދެ ފަރާތުން ވެސް ވަނީ ފިކުރީ މުދަލުގެ ރައްކާތެރިކަމާއި ތަންފީޛުކުރުމާ ގުޅޭ ކަންކަމުގައި ކުރިއެރުންތައް އަލިއަޅުވާލާފައެވެ. މިއީ އިނޮވޭޝަނަށް ހިތްވަރު ދިނުމަށާއި ބޭރުގެ އިންވެސްޓްމަންޓް ޝައުގުވެރި ކުރުވުމަށް ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ބަލާނަމަ ސިންގަޕޫރުގެ ފިކުރީ މުދަލުގެ ހަރުދަނާ ނިޒާމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިތަކަށް އިސްކަންދޭ މަންޒިލަކަށް ސިންގަޕޫރު ވަނީ ވެފައެވެ.

ރެގިއުލޭޓަރީ ޓްރާންސްޕޭރެންސީ:

އަދި އިންވެސްޓްމަންޓްގެ މާހައުލު އިތުރުކުރުމަށް ރެގިއުލޭޓަރީ ޓްރާންސްޕޭރެންސީ ފޯރުކޮށްދިނުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެއެވެ. ސާފު އަދި ހާމަކަން ބޮޑު ޤަވާޢިދުތަކުގެ ސަބަބުން އިންވެސްޓަރުންނަށް ކުރިމަތިވާ ގެއްލުންތައް ކުޑަވެގެންދެއެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހާމަކަން ބޮޑު ރެގިއުލޭޓަރީ މާހައުލުގެ ސަބަބުން އެކި ދާއިރާތަކަށް ސީދާ ބޭރުގެ އިންވެސްޓްމަންޓް ވަރަށް ބޮޑަށް ކުރިއަރާފައިވާކަން ފާހަގަ ކުރެވޭއިރު އެމެރިކާއާއި ރާއްޖެއާއި ގުޅިގެން މިކަމުގައި މަސައްކަތް ކުރާނެތީ މިނިސްޓްރ ސަޢީދުގެ މި ބައއްދަލުވުމުގައި މިއީ ރާއްޖެއަށް ކުރިމަގުގައި އޮތް ވަރަށް ތަނަވަސް ފުރުޞަތެކެވެ.

ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނަށް ސަޕޯޓް ދިނުން:

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ދުނިޔޭގެ ވިޔަފާރި ޕްލެޓްފޯމްތަކާއި ޕޭމަންޓް ސިސްޓަމްތަކުގެ ބޭނުން ހިފުމަށް ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި ފަންނާނުންނާއި ވިޔަފާރިވެރިންނަށް އެހީތެރިވުމަށް ބާރުއަޅާފައެވެ. މިސާލަކަށް ބަލާނަމަ ދެކުނު ކޮރެއާއިން އެޤައުމުގެ ޑިޖިޓަލް ކޮންޓެންޓް އިންޑަސްޓްރީއަށް ދިން ސަޕޯޓުގެ ނަތީޖާއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޭ-ޕޮޕް އިންޑަސްޓްރީއެއް އެޤައުމުގައި އުފެދިގެން ދިޔުމެވެ.

އިންވެސްޓްމަންޓްގެ ފުރުޞަތުތައް:

މިފަހަރުގެ ބައްދަލުވުމުގެ ސަބަބުން ރާއްޖެއަށް ލިބޭނެ ފުރުޞަތުތަކުގެ ތެރޭގައި ފާހަގަކޮށްލެވުނީ ފައިނޭންޝަލް، މެރިޓައިމް، ރިއަލް އެސްޓޭޓް، އަދި ޓޫރިޒަމް ދާއިރާއިން އިންވެސްޓް ކުރުމުގެ ފުރުސަތުތަކެވެ.

މީގެ އިތުރުން، މަސައްކަތްތެރިންގެ ޙައްޤުތަކާއި، ޑިޖިޓަލް ވިޔަފާރިއާއި، ތިމާވެށީގެ ރޮނގުން އިންކްލޫސިވް އަދި ދެމެހެއްޓެނިވި ކުރިއެރުން ލިބިގެންދާނެއެވެ.

ވިޔަފާރީގެ މަގުފަހިކުރުމާ ބެހޭ ގޮތުން ޑަބްލިޔުޓީއޯ އެއްބަސްވުން:

ވޯލްޑް ޓްރޭޑް އޮގަނައިޒޭޝަން (ޑަބްލިޔުޓީއޯ)ގެ އެގްރީމަންޓް އޮން ޓްރޭޑް ފެސިލިޓޭޝަންގެ ދަށުން ރާއްޖެއިން ވެފައިވާ ވައުދުތަކުގެ އަޣުލަބިއްޔަތު ތަންފީޛު ކުރުމުން އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް (ޔޫއެސްޓީއާރު) ވަނީ ރާއްޖެއަށް މަރުހަބާ ވިދާޅުވެފަ އެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ އެކްސްޕޯޓާއި އިމްޕޯޓް ޕްރޮސެސްތައް ފަސޭހަކޮށް، ޒަމާނީކޮށް، އަދި ވިޔަފާރީގެ ޚަރަދުތައް ކުޑަކުރުމާއެކު ބައިނަލްއަޤްވާމީ ވިޔަފާރި ފުޅާކޮށް ހަރުދަނާކޮށް އިތުރުކުރުމެވެ.

ޓިފާ ކައުންސިލްގެ ސަބަބުން ކުރިއަށް އޮތް 5 އަހަރާއި 10 އަހަރާ ދެމެދު ރާއްޖެއަށް ލިބޭނެކަމަށް ލަފާކުރެވޭ ކުރިއެރުން:

އިޤްތިޞާދީ ކުރިއެރުން:

ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވުމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭއިރު ފަތުރުވެރިކަމާއި، ރިއަލް އެސްޓޭޓް، އަދި ޑިޖިޓަލް ވިޔަފާރިވެރިކަން ފަދަ ދާއިރާތައް ކުރިއަރާނެ އެވެ.

ސީދާ ފޮރިން އިންވެސްޓްމަންޓް އިތުރުކުރުން:

ރެގިއުލޭޓަރީ ޓްރާންސްޕޭރެންސީ އިތުރުކޮށް، ސަޕޯޓިވް އިންވެސްޓްމަންޓް ކްލައިމެޓެއް އުފެދި، ސީދާ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެ، ރާއްޖޭގައި އިތުރު ވަޒީފާތައް އުފެދި، އިޤްތިޞާދު ކުރިއަރާނެ އެވެ.

ޓެކްނޮލޮޖީގެ ކުރިއެރުންތައް:

ޑިޖިޓަލް ކޮންޓެންޓް އުފައްދާ ފަރާތްތަކަށާއި ވިޔަފާރިވެރިންނަށް ސަޕޯޓް ދިނުމުން ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އިނޮވޭޝަންތަކަށް މަގުފަހިވެ، ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެ ޑިޖިޓަލް ހަބެއްގެ ގޮތުގައި ޕޮޒިޝަން ކުރެވިދާނެ ކަމެކެވެ.

ދެމެހެއްޓެނިވި ތަރައްޤީ:

ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށީގެ ކަންކަން ކުރުމަށް ރާއްޖެއިން ކުރާ މަސައްކަތުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ލިބި އިކޯލޮޖިކަލް ޕްރިޒަރވޭޝަން ބެލެންސްކޮށް، ދިގު މުއްދަތުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ އެވެ.

މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިވުން:

މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރުމާއި ލޭބަރ ޤާނޫނުތައް ތަންފީޛުކުރުމުގެ ސަބަބުން މަސައްކަތުގެ ޙާލަތު ރަނގަޅުވެ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެ، ވަޒީފާގެ ބާޒާރުވެސް އިތުރުވާނެއެވެ.

އެހެންކަމުން، އެމެރިކާ-ދިވެހިރާއްޖެ ޓިފާ ކައުންސިލްގެ ބައްދަލުވުމުގައި ވެވުނު އެއްބަސްވުންތަކުން ރާއްޖެއަށް ފާގަތި މުސްތަޤުބަލެއްގެ މަގު ފަހިވެގެންދާނެއެވެ. މި ފުރުޞަތުތަކުގެ ބޭނުން ހިފައިގެން ރާއްޖެއަށް ދެމެހެއްޓެނިވި ކުރިއެރުމެއް ލިބި، ރައްޔިތުންގެ ހެޔޮ ދުޅަހެޔޮކަން އިތުރުކޮށް، ދުނިޔޭގެ އިގްތިސާދުގައި ރާއްޖޭގެ މަޤާމު ވަރުގަދަ ކުރެވޭނެ އެވެ. ކުރީ ސަރުކާރުތަކުން ހަދާފައިވާ ފައިދާއެއް ނެތް އެއްބަސްވުންތަކާއި ކޮށްފައިވާ ބޭކާރު ޚަރަދުތަކުގެ ސަބަބުންނާއި އަދި ނަފާއެއް ނެތް ލޯނުތަކުގެ ސަބަބުން ނުވަތަ ރިކަރަންޓް ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ނެގި ލޯނުތަކުން އިންވެސްޓް ނުކުރުމުން ޤައުމަށް ލިބުނު މާލީ ގެއްލުންތައް ފޫބެއްދުމުގައި އެހީތެރިވެދިނުމަށް ޓިފާ ކައުންސިލްގެ ބައްދަލުވުމަކީ ވަރަށް މުހިއްމު ބައްދަލުވުމެކެވެ.

Advertisement
Advertisement

ގުޅޭ ޚަބަރުތައް

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%