އެމްޑީޕީގެ ލޯގޯގައި އިންނަ ތިލަފަތަކީ ޔަހޫދީންނާއި ހުޅަގުގެ ޤައުމުތަކުން ވެސް މުސްލިމުންގެ މަޞްލަޙަތާއި ގުޅުން ހުރި ޢަމަލުތައް ކިރަން ބޭނުންކުރާ ތިލަފަތެވެ. MDP ގެ ސަޕޯޓަރެއްކަމަށް އެވެރިން ބަލައިގެންފައިވާ ފަނޑިޔާރެއްނަމަ އެފަނޑިޔާރެއްގެ ޢަމަލުތައް ފުރާނައިގެން މިނެރަލް ވޯޓާރ އަށް ހަދައެވެ. އެމް.ޑީ.ޕީ. ގެ ސިޔާސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ގެންޅުނު ތިލަފަތް ކަމުނުދާކަން އެނގޭ ކިތަމެ ކަންތައްތަކެއް JSC އިން ފަނޑިޔާރުންނާއި މެދު ޢަމަލު ކުރިގޮތުންނާއި 9 ކޯޓެއްގެ ކޯޓު އެޑްމިނިސްޓްރޭޓަރުން ވަކިކޮށްފައިވާ ގޮތުންނާއި ، ވަކިކުރި ކޯޓު އެޑްމިނިސްޓްރޭޓަރުންނަށް ވަޒީފާ ދިނުމަށް ވަޒީފާ އާބެހޭ ޓްރެބިއުނަލުންނާއި ހައިކޯޓާއި ސްޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމްތަކުންނާއި ނިންމުން ތަކުން ރަނގަޅަށް ސާފުވެއެވެ.
އަދި ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުންނާއި ޢާއްމުންގެ ގިނަބަޔަކު ވެސް އޭރު އެކަންކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން MDP ގެ ކޮންމެ ވެރިކަމެއްގައި ފަނޑިޔާރު ގެތަކާއި މެދު ކަންތައް ކޮށްފައިވާ ނިކަމެތި ގޮތްތައް PNC ގެ ވެރިކަމުގައި ޑރ.މުޙައްމަދު މުއިއްޒު ގެ ރިޔާސީ ދައުރުގައި ތަކުރާރު ނުވާނެކަމުގައި ޔަޤީންކުރެވެއެވެ. އެހެނީ މިހާރުގެ ޖޭ.އެސް.ސީ ރައީސް ކ.ގުރައިދޫ ދާއިރާގެ މެންބަރު އުސްތާޛް ޙުސައިން ރިޒާ އާަދަމަކީ ވެސް JSC ގެ ނުފޫޛުން ވަޒީފާއިން ވަކިކުރި 9 ކޯޓު އެޑްމިނިސްޓްރޭޓަރުން ގެ ތެރޭގައި ހިމެނޭ ބޭފުޅަކަށް ވުމުން އޭރު ޖޭ .އެސް.ސީ އިން ޤާނޫނާއި ޤަވާޢިދާ ފުށުއަރާ ގޮތަށް ކޮށްފައިވާ ކަންތައްތަކެއްކަން އެނގިލައްވާނެތީއެވެ. އުސްތާދު ޙުސައިން ރިޒާ އާދަމް ވަކިކުރެއްވިއިރު ހުންނެވީ ކްރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓަރ ގެ މަޤާމުގައެވެ.

އެހެން ނަމަވެސް ޙުސެން ރިޒާ އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އޭރުގެ ގުރައިދޫ ދާއިރާގެ މެންބަރު ނިޔާވުމާއި ގުޅިގެން އުސްތާޛް ހުސައި ރިޒާ އާދަމް ގުރައިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތި ލެއްވުމަށް ނިންމެވުމާއެކު އެގޮނޑި އަށް އުސްތާދް ޙުސައިން ރިޒާ އާދަމް ކުރިމަތިލިޔަ ނުދިނުމަށްޓަކައި އުސްތާދް ޙުސައިން ރިޒާ އާދަމަށް އަލުން އޭނާ ހުންނެވި ކުރިމިނަލް ކޯޓުގެ އެޑްމިނިސްޓްރޭޓަރ ކަމުގެ މަޤާމު ދެއްވިކަން JSC އިން އުސްތާޛް ހުސައިން ރިޒާ އާދަމަށް އެންގެވިކަމަށްވެއެވެ. އެހެން ނަމަވެސް ކުރިން ހުންނެވި މަޤާމު ޤަބޫލު ނުކުރައްވާ އުސްތާދް ހުސައިން ރިޒާ އާދަމް ގުރައިދޫ ދާއިރާ ގެ ކޮންޑި އަށް ވާދަކުރައްވައި އެގޮނޑި ކާމިޔާބުކުރެއްވިއެވެ. މިހާރު އުސްތާޛް ހުސައިން ރިޒާ އާދަމް އެހުންނެވީ ޖޭ.އެސް.ސީ.ގެ ރައީސްގެ މަޤާމުގައެވެ. މިކަމުންވެސް ޔަޤީންވެގެންދިޔައީ އަނިޔާވެރި ގެ ޢަމަލުތަކާއި މެދު ﷲ سبحانه وتعالى ޣާފިލުވެ ވޮޑިގެން ނުވާނެކަމެވެ.

އުސްތާޛް ހުސައިން ރިޒާ އާދަމް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުމަށް ހުރަސް އެޅުމަށް ޖޭ.އެސް.ސީ ރޭވި ރޭވުން ފޭލިވެ މިހާރު އެހުންނެވީ އެކޮމިޝަނުގެ ރައީސްގެ މަޤާމުގައެވެ. އޭނާ އާއެކު ވަޒީފާއިން ވަކިކުރި ބާކީ ތިއްބެވި 8 ކޯޓު އެޑްމިނިސްޓްރޭޓަރުން ނަށް ވަކިކުރި މަޤާމު އަލުން ދިނުމަށާއި ގެއްލުމުގެ ބަދަލު ދިނުމަށް ވަޒީފާ އާބެހޭ ޓްރެބިއުނަލުންނާއި ހައިކޯޓާއި ސްޕްރީމް ކޯޓުން އެވަނީ ޙުކުމް ކޮށްފައެވެ.