ނައިޖަރުގެ ތިލަބެރީ ސަރަހައްދުގައިވާ ހައިސެކިއުރިޓީ ޖަލެއް ފަޅާލައި އަލްގައިދާ އާއި އައިއެސްއަށް ނިސްބަތްވާ ނުރައްކާތެރި ހަނގުރާމަވެރިންތަކެއް ފިލައިފިއެވެ.
ނައިޖަރުގެ ޖަލުން ފިލި މީހުންގެ އަދަދެއް އަދި އެގައުމުން ހާމައެއް ނުކުރެއެވެ.
ނަމަވެސް ބައެއް ހަބަރުތައް ބުނާ ގޮތުގައި އެތަނުގައި ހައްޔަރުކޮށްފައި ތިބީ އެގައުމުގައި މިހާރު އޮތް ބަޣާވާތު މިލިޓަރީ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ހައްދުފަހަނައެޅި ޖަމާއަތްތަކުގެ މީހުންނެވެ. ދުނިޔޭގައި އެންމެ ގިނައިން ޓެރަރިސްޓު ހަމަލާތަކުގައި މީހުން މަރުވާ އެއް ގައުމަކީ ނައިޖަރެވެ.
ނައިޖަރު ކންޓުރޯް ކުރުމަށްޓަކައި އެމެރިކާއާއި ފުރާންސުން ޑްރޯން ބޭސް އެއް މީގެ ކުރިން ހެދިއެވެ. ނަމަވެސް ނައިޖަރުގެ ސިފައިން މިހާރު ވަނީ ބާރުގެ ބޭނުންކޮށް އެމެރިކާއާއި ފުރާންސުގެ ސިފައިން ނައިޖަރުން ބާލާފައެވެ.
ނައިޖަރަކީ ހުޅަނގުގެ ސިފައިންގެ އެންމެ ބޮޑު ޑްރޯންބޭސް ހަދައިގެން އުޅުނު ގައުމަށްވާއިރު ގިނަ އަދަދެއްގެ ޔުރޭނިއަމް އެގައުމުން ހުޅަނގަށް އެތެރެ ކުރެއެވެ.



