ސިނަމާލެ ބްރިޖު ހައިވޭގައި ހުންނަ ސޯލާ ޕެނަލްތަކުގައި ކާރެއް ޖެހި އެކްސިޑެންޓުވެއްޖެއެވެ.
މި އެކްސިޑެންޓް ވެފައިވަނީ މިއަދު ހެނދުނު އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ. އަދި ހާދިސާ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓާއި ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯއިން ފެންނަގޮތުގައި އެކްސިޑެންޓު ވެފައިވަނީ ރަތް ކުލައިގެ ކާރެކެވެ. މި އެކްސިޑެންޓުގައި ކާރަށްވެސް އަދި ސޯލާ ޕެނަލްތަކަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާ މަންޒަރު ފެނެއެވެ.
މީގެ ކުރިންވެސް ހައިވޭގައި މިފަދަ އެކްސިޑެންޓުތައް ވަނީ ހިނގާފައެވެ.



