ތަޙްޤީޤު ހިންގުމެއް ނެތި ޝަރީޢަތް ހިންގުމެއް ނެތި މީހުން ކުރާ ކުށްތަކަށް އަމިއްލަ އަށް އިންޞާފްކޮށް އަދަބުދޭން މަޖުބޫރުވަނީ ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް އޮންނަންޖެހޭ އިތުބާރު ކުޑަވުމާއި ޤާނޫނުތަކުގެ ބާރު ކުަޑަވުމެވެ. ޒިންމާ އުފުލަންތިއްބަވާ ފަރާތްތަކުގެ އިހުމާލު ވުމާއި ވަރިހަމަކަން ބޮޑުވުންކަމަށް ބެލިދާނެއެވެ.
ޖިނާޢީ ކުށްތައް އިތުރުވާ ސަބަބަކީ ވެސް އެއީއެވެ. ކުށެއް ކުރުމުން އެކުރި ކުށަކާއި އެކަށީގެންވާ އަދަބެއް ޤާނޫނީ ނިޒާމުގެ ތެރެއިން އެމީހަކަށް ލިބޭނެ ކަމުގެ ޔަޤީންކަން އަނިޔާ ލިބޭ ފަރާތްތަކަށް އޮންނަ ނަމަ އަނިޔާ ލިބުނު ފަރާތް އަމިއްލައަށް އަނިޔާ ދިން ފަރާތަށް އަނިޔާ ކުރުމުގެ ބޭނުމެއް ނެތްކަމަށް ދެކޭނެއެވެ. އޭރުން އަނިޔާކުރި މީހާ ޙަވާލުކުރާނީ ފުލުހުންނާއެވެ. ފުލުހުން ތަޙްޤީޤުކޮށް ޝަރީޢަތަށް ފޮނުވުމުން ޤާނޫނުގައި ބުނާ އަދަބު ދެވޭނަމަ އަދި އެއަދަބު ތަންފީޛުކުރާނެކަމުގެ ޔަޤީންކަން އަނިޔާ ލިބުނު ފަރާތަށް އޮންނަ ނަމަ އަމިއްލައަށް ބަދަލު ހިފުމުގެ ރޫޙުކުޑަވާނެއެވެ.
އަނިޔާ ކުރުމާއި އަނިޔާ ލިބޭ ކަންކަމަށް މަގުފަހިވާނެ ހުރިހާކަމަކީ ދީނުގައި ނަހީކުރައްވާފައިވާ ކަންކަމެވެ.
ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރާ އަނިޔާ އަކީ އެންމެ ބޮޑެތި އަނިޔާއެވެ. މީސްމީހުންގެ އެކައުންޓު ތަކުން ފޭރުމާއި، ވައްކަމާއި، ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި، މަކަރާއި ޙީލަތް ހެދުމާއި މީސްތަކުންގެ ޢަބުރުކަތިލުމަކީ ވެސް އަނިޔާއެވެ. މިހުރިހާ ކަމަކީ ޝަރުޢުގައި ޖިނާޢީ ކުށްތަކެވެ. ކިތަންމެ ގިނަބަޔަކު ކުރި ކަމަށް ވިޔަސް މަދުބަޔަކު ކުރިކަމަށް ވިޔަސް މިއީ ފާފަވެރިވާނެ ޖިނާޢީ ކުށްތަކެވެ. ފާއިތުވި އެމްޑީޕީ ސަރުކާރުގެ ސިޔާސަތުގެ ބައެއްގޮތުގައި އެއްޖިންސުން ގުޅުން ހިންގުމާއި، ދީނުގައި ނަޙީކުރެއްވިހާ ހުރިހާ ކަމެއް ޕްރޮމޯޓު ކުރުމާއި އެފަދަ ކަންކަމަށް އެހީތެރިވެދީފައިވުމާއެކު ރާއްޖޭގައި މިފަދަ ކުށްތައް އިތުރުވެފައިވާކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ.
ތަފާސް ހިސާބު ތަކަށް ބަލާނަން ރާއްޖޭގައި ކުށްކުރުން ގިނަވީ އެމްޑީޕީގެ ސަރުކާރެއް އައުމަށްފަހުގަ އެވެ. މީގެ މާނަައަކީ އެމްޑީޕީ ސަރުކާރުގެ އެންމެން ގޯސްވުމެއް ނޫނެވެ. ނަމަވެސް ސިޔާސަތުތައް ގޯސްވުމެވެ.



