ޣައްޒާގެ ދެކުނު ސްކޫލެއްގައި ހިމާޔަތް ހޯދަމުން ދިޔަ ބަޔަކަށް އިސްރާއީލުން ހަމަލާދީ އެތައް ބަޔަކު ޝަހީދު ކޮށްފިއެވެ.
ފަލަސްތީނުގެ މެޑިކަލް އޮފިޝަލުން ބުނާގޮތުގައި ޚާން ޔުނިސްގެ އިރުމަތީގައި އޮންނަ ސްކޫލަށް ދިން ހަމަލާގައި އަބަސާން އަވަށުގެ ގެދޮރު ގެއްލިފައިވާކުޑަކުދިން ވަނީ ޝަހީދުވެފައެވެ.
މި ހަމަލާގައި ކުޑަކުދިން ޝަހީދުވެފައިވާއިރު، އެކަމުން ރެކެންވެގެން އިސްރާއީލުގެ އަސްކަރީ ޓީމުގައި ހިމެނޭ މީހަކާއި ހަވާލާދީ ބައެއް ހަބަރުތައް ބުނާ ގޮތުގައި އިސްރާއީލުން އެ ހަމަލާ ދިނީ ފަލަސްތީނު މީހަކު ހަތިޔާރާއެކު އިސްރާއީލް ސިފައިންނާއި ކުރިމަތިލާފައިވާތީވެ، ދިފާއުވުމަށް އޮންނަ ހައްގުގެ ބޭނުން ކޮށްގެންނެވެ، ނަމަވެސް އެ ހާދިސާގައި ކޫޑަކުދިން ޝަހީދުވެފައި ވާތީވެ، އެކަން ބަލައި ތަހުގީގު ކުރާނެ ކަމަށް އިސްރާއީލް ނޫސްތަކުން ވަނީ އެގައުމުގެ ސަރުކާރާއި ހަވާލާދީ ބުނެފައެވެ.

ޚާން ޔުނިސްގެ ނަސާރ ހޮސްޕިޓަލުގައި ޝަހީދުވެފައިވާ ހަށިތައް ގުނަމުން ދިޔަ އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓަރަކު ބުނި ގޮތުގައި އެ ހަމަލާގައި 25 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް ހަމާސް ޖަމާއަތުގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި އެ ހަމަލާގައި 29 މީހުން ޝަހީދުވިއެވެ. މި ހަމަލާ ދީފައި ވަނީ ގެދޮރު ގެއްލިފައިވާ މީހުން ފުޓުބޯޅަ މެޗެއް ބަލަން އެއްވެފައި ވަނިކޮށް ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
"އެމީހުން ތިބީ ފުޓުބޯޅަ މެޗެއް ބަލާށެވެ. އެވަގުތު އިސްރާއީލުން އެތަނަށް ބޮން އަޅައި ޑްރޯންތަކުން ހަމަލާތައް ދީ ބަޑިޖަހައި ހެދިއިރު އަހަރެމެންނަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. އެތައް ބަޔަކު މަރުވެފައިވާއިރު ސަލާމަތްވި މީހުންގެ ގައިގައި ބޮޑެތި ޒަޚަމްތައް ހުއްޓެވެ." ޒުވާން އަންހެނަކު ބުންޏެވެ.
ނުވަ މަސް ދުވަހުގެއިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ޣައްޒާގެ އެތައް މިލިއަން މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ޝަހީދުވެފައިވާ މީހުންގެ ޢަދަދު މިހާރު ބައިލައްކައާއި ގާތްކުރެއެވެ. އޭގެތެރޭގައި ޢިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ ހަށިތައްވެސް ހިމެނެއެވެ.
ވަނީ އިންޒާރު ދީފައެވެ. މީގެ އިތުރުން ޣައްޒާ ސިޓީ އެއްކޮށް ހުސްކުރުމަށްވެސް ހައްދުފަހަނައެޅި ނުބައި އިސްރާއީލް ސިފައިން ވަނީ އިންޒާރު ދީފައެވެ. އެހެންކަމުން އެތަންތަނުގައި ތިބި ބަލިމީހުން ސަލާމަތްކުރެވޭތޯ ޣައްޒާގެ ހެލްތު ފެސިލިޓީތަކާއި އދ ގެ ރެސްކިއު ޓީމުތަކުން ގުޅިގެން ދަނީ ވަރަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ހޮސްޕިޓަލްތަކުގައި ތިބި ބަލިމީހުން ތަންތަނަށް ބަދަލުކުރުން ވެސް ހިމެނެއެވެ.



