ކޮލަމްބިއާ ގައުމީ ޓީމު އުރުގުއޭ އަތުން ބަލިވުމާ ގުޅިގެން ލިވަޕޫލްގެ ފުޓުބޯޅަ ކުޅުންތެރިޔާ ޑާވިން ނުނޭޒް ބެލުންތެރިންނާ ދެމެދު މާރާމާރީއެއް ހިނގައިފި އެވެ.
ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގެ ފަހު ކަށިގަޑާއެކު ނުނޭޒް، ސްޓޭންޑްތަކުގައި ތިބި ކޮލަމްބިއާގެ ސަޕޯޓަރުންނާއި ކުރިމަތިލާ މަންޒަރު ފެނެއެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި ހަމަނުޖެހުން އުފެދުނީ ކުޅުންތެރިންގެ ރަހުމަތްތެރިންނާއި އާއިލާގެ މީހުން ތިބި ތަނާ ވަރަށް ކައިރީގަ އެވެ. އެކަމާ ގުޅޭ ގޮތުން ނުނޭޒް އަދި ފާޅުގައި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ނޯތު ކެރޮލައިނާގެ ޗާލޮޓްގައި ހުންނަ ބޭންކް އޮފް އެމެރިކާ ސްޓޭޑިއަމްގެ ތޮއްޖެހިފައިވާ ސްޓޭންޑްތަކަށް ނުނޭޒް ރެއިލިންއަށް އަރައި ގެންގުޅޭ މަންޒަރު ޓީވީ ކެމެރާތަކާއި ސަޕޯޓަރުން ވަނީ ނަގާފަ އެވެ. އޭގެ ފަހުން ކޮލަމްބިއާގެ ސަޕޯޓަރުންނާ އޭނާ ކުރިމަތިލާމަންޒަރު ފެނުނީ އެހެން މީހުން އޭނާ ހުއްޓުވަން މަސައްކަތް ކުރުމުންނެވެ.
މި ކަމުގައި އުރުގުއޭގެ އެހެން ކުޅުންތެރިން ވެސް ބައިވެރިވި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އުރުގުއޭގެ ކެޕްޓަން ހޯސޭ މާރިއާ ގިމެނޭޒް ބުނީ ކުޅުންތެރިން މަސައްކަތް ކުރަނީ އާއިލާގެ ދިފާއުގައި ކަމަށާއި ކްރައުޑުގެ ހާލަތު ސިފަކުރަނީ ކާރިސާއެއްގެ ގޮތުގައި ކަމަށެވެ. މި މާރާމާރީއަށްފަހު ނުނޭޒް އޭނާގެ ދަރިފުޅުގެ ގައިގައި ބައްދާލައިގެން ދަނޑުމަތީގައި ހުއްޓެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ ކޮންމެބޯލް އިން ބުނީ ފުޓްބޯޅައަށް އަސަރުކުރާ ފަދަ އެއްވެސް ހަމަނުޖެހުމެއް ހިންގާނަމަ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ދަނޑުމަތީގައި ވެސް އަދި ދަނޑުން ބޭރުގައި ވެސް ހަމަނުޖެހުން ހިންގުމުގެ ޖާގައެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހާދިސާ ހިނގާފައި މިވަނީ މިދިޔަ ހޯމަ ދުވަހު ކުޅުނު ކޮޕާ އެމެރިކާގެ ސެމީ ފައިނަލުގައި ކޮލަމްބިއާ އަތުން 1-0 އިން ބަލިވެ އުރުގުއޭ އުރުގުއޭ މުބާރާތާއި އަލްވަދާއުކީ މެޗުގައެވެ. މި ހަމަނުޖެހުން ހިނގުމުގެ ކުރިން ކުޅުންތެރިންނާއި ކޯޗިން ސްޓާފާއި މެދުވެސް މެޗު ނިމުމާ އެކު ދަނޑުމަތީގައި ހަމަނުޖެހުން ހިންގައިފަ އެވެ.
އުރުގުއޭގެ ގޯލަށް ނުނޭޒް ފޮނުވި ހަތަރު ހަމަލާއިން ތެރެއިން އެންމެ ހަމަލާއެއްވެސް ގޯލަށް ވައްދާލެވިފައެއް ނުވެއެވެ. ލިވަޕޫލުން ފުރަތަމަ 64 މިލިއަން ޕައުންޑަށް ނުނޭޒް ސޮއިކުރީ 2022 ވަނަ އަހަރުގެ ޖޫން މަހު ޕޯޗުގަލްގެ ބެންފީކާ އިންނެވެ. އޭނާ ވަނީ އެ ކްލަބަށް ކުޅުނު 65 މެޗުގައި 20 ލަނޑު ކާމިޔާބުކޮށްފަ އެވެ.
އަންނަ ހޯމަ ދުވަހު ކުޅޭ ފައިނަލުގައި ކޮލަމްބިއާ ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ.



