ސަރުކާރުގެ މުއައްސަސާތަކަށް އާންމުންގެ އިތުބާރު ގެއްލިދާނެ ކަމުގެ ބިރު އޮތް ވެހިކަލް ރަޖިސްޓްރޭޝަންގެ ބޮޑު މަކަރާއި ހީލަތެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ޝާމިލްވެއްޖެއެވެ.
މި ސަރުކާރު އައުމުގެ ކުރިން މިނިސްޓްރީން ވަނީ ކުރިއަށް އޮތް އަހަރުތަކުގެ ތާރީޚު ލިޔެފައިވާ ވެހިކަލްތައް ރަޖިސްޓްރީކޮށް، ރަޖިސްޓްރޭޝަން ސެޓްފިކެޓްތައް ހައްދައިދީފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ސިސްޓަމުގެ ލޮގިން ބޭނުންކޮށްގެން މި ބޮޑު ޖަރީމާ ހިންގާފައިވާއިރު 2024، 2025، އަދި 2027 ވަނަ އަހަރުގައި ރަޖިސްޓްރީ ކުރިކަމަށް ހަދައި ރަޖިސްޓްރީތައް ވަނީ ވެހިކަލްތަކުގެ ވެރިފަރާތްތަކަށް ދޫކޮށްފައިކަމަށް ފުލުހުން ފާހަގަކުރިއެވެ.
އެހެންކަމުން، ޕްރޮޓޮކޯލާ ހިލާފުވެ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރެއިން ހިންގި މި ބޮޑު ޖަރީމާގެ ސަބަބުން، ކުރީގެ ވެރިކަމުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ އިތުރު މައްސަލައެއް އަނެއްކާވެސް މި ފެންމަތިވީއެވެ.
މި މައްސަލަ ފެންމަތިވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަން ނިމި ރައީސް މުއިއްޒުގެ ވެރިކަމުގައި ފުލުހުންނަށް ރިޕޯޓްކުރާ އެކި އެކި މައްސަލަތަކުގެ ތެރެއިން އެއާޕޯޓް ވެހިކަލެއް ގެއްލުނު މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށެވެ.
އެ ތަފްޞީލުތައް ފެންމަތިވަމުން ދިޔަ ވަރަކަށް މިއީ އާދައިގެ އެކަހެރި ހާދިސާއެއް ނޫން ކަމާއި މިއީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި ހިނގާ ނިޒާމީ މައްސަލައެއްކަން ހާމަވެއެވެ.
މި މަކަރާއި ހީލަތުގެ ނަތީޖާ ވަރަށް "ފުން" ޓްރާންސްޕޯޓް ސިސްޓަމަށް ވަގަށް ވަދެވެނީތަ؟
މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ލޮގިން އަށް އެކްސެސް ވެވޭ، ކުރިން އެތަނުގައި މަސައްކަތްކުރި މީހަކު މެދުވެރިކޮށްވެސް މިކަހަލަ ޖަރީމާއެއް ހިންގިދާނެއެވެ. އެފަދަ ގޮތަކަށް މިކަން ދިމާވިނަމަ އެއީ ހިންގުމުގެ ދޯދިޔާކަމެވެ. ސިސްޓަމަށް ބޭރުން ލޮގިން ވެއްޖެނަމަ އެއީ ކޮން ތަނަކުން ކޮން އިރަކު ކަންވެސް ބަލާލެވޭނެއެވެ. ހެކްކޮށްގެން ވަގަށް އެހެން އައިޕީއަކުން ކުރިކަމަށް ވަނީނަމަ އެކަން ފާހަގަވުމާއެކު ފިޔަވަޅު އެޅޭނެއެވެ. މި މައްސަލަ މިނިސްޓްރީއަށް ރޭކާލާންވީ 100 ވެހިކަލް ރަޖިސްޓްރީކޮށް ނިމުނީމާ ކަމަށް ވަނީނަމަ މިނިސްޓްރީ އޮތީ "ނިދާފައެވެ."
- 100 އުޅަނދު އެކެއްގެ ނަމުގައި
- 86 އުޅަނދު ހަތަރު ފުރޮޅު ލީ
- 2024 ވަނަ އަހަރާއި 2025 އަދި 2027 ވަނަ އަހަރުގައި ރަޖިސްތްރީ ކުރި ކަމަށް މިނިސްޓްރީން ވަނީ ރަޖިސްޓްރީ ސެތްފިކެޓް ހަވާލުކޮށްފައި

އުޅަނދުފަހަރުގެ ވެރިންނާއި ގަންނަން ބޭނުންވާ ފަރާތްތައް ތިބީ އޮޅުން ބޮޅުން ބޮޑުވެ އިތުބާރު ނެތް ހާލަތެއްގަ އެވެ. މީގެ އިތުރުން މި ހާދިސާއަކީ ރާއްޖޭގެ މަގުތަކުގައި އުޅަނދުފަހަރުގެ ސަލާމަތާއި އެކަށީގެންވާ ލިޔެކިޔުންތައް ކަށަވަރުކުރުމަށް ގަސްދުކޮށްފައިވާ ރެގިއުލޭޓަރީ ފްރޭމްވޯކަށް ބުރޫއަރާ ހާދިސާއެކެވެ.
މައްސަލަ ހައްލުކުރުމަށް އާ ސަރުކާރު
އޮޅުވާލައިގެން ހިންގާ ހަރަކާތްތަކުގެ ފުރިހަމަ ތަހުގީގެއް ހިންގައި ޒިންމާދާރުވާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް އާ ސަރުކާރުން ވަނީ ވައުދުވެފަ އެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ނަޒާހަތްތެރިކަން އަލުން އިއާދަކޮށް އެފަދަ އޮޅުވާލުންތައް ތަކުރާރު ނުވާނެ ގޮތަށް ސަރުކާރުން މަސައްކަތް ކުރާނެއެވެ. ދޮގު ރަޖިސްޓްރޭޝަންތައް ރަނގަޅުކޮށް، މި ބޮޑު "ޓްރާންސްޕޯޓް ޖަރީމާ"ގެ ސަބަބުން އަސަރުކުރާ އުޅަނދުފަހަރުގެ ވެރިންނަށް ޞައްޙަ، ޒަމާނީ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް އަޅާ ފިޔަވަޅުތައް މިހާރުވެސް ދަނީ ރާވަމުންނެވެ.
މި ފިޔަވަޅަކީ އާންމުންގެ އިތުބާރު އަލުން ބިނާކުރުމަށާއި ގާނޫނީ ވެރިކަން ހަރުދަނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި މައްސަލަ ފައިދާހުރި ގޮތެއްގައި ހައްލުކުރުމުގެ ގާބިލްކަން ސަރުކާރަށް ލިބިފައިވުމަކީ ރައީސް މުއިއްޒުގެ ލީޑަޝިޕަށް ޓެސްޓަކަށް ވާނެއެވެ. މި މައްސަލަ ހައްލުކުރުމަކީ އާ ލީޑަރުންނަށް އާންމުންގެ އިތުބާރު ވަރުގަދަވެ ގައުމުގެ ވެރިކަމާމެދު ކުރިން ނެތް އިތުބާރު އަލުން ލިބޭނެ ކަމެކެވެ.



