ޓޭބަލްޓެނިސްގައި ރާއްޖޭގެ އަލިގަދަ ތަރި އިބްރާހިމް ޝިއުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ އާ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސަވައިފި އެވެ.
މިހާރު ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝިއުރީ އަކީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ޚިދުމަތް ދީފައިވާ އަދި މިހާރުވެސް ޚިދުމްތަ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭގެތެރޭގައި ވޯލްޑް ބޭންކުގެ ބައެއް މަޝްރޫއުތަކާއި ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑާއި މަސީގެ ޑިރެކްޓަރުންގެ ބޯޑުގެ މަގާމުތައް ފުރުއްވާފައި ވެއެވެ.
]
ޝިއުރީގެ ތައުލީމީ ސަނަދުތަކުގެ ތެރޭގައި މާކެޓިން ދާއިރާއިން ޑިގްރީ އާއި ޕަބްލިކް ރިލޭޝަންސް އިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާއިރު، އެމްއެމްޕީއާރުސީ އާއި އޭނާ ޙަވާލު މިވަނީ އެތަނުގައި ކުރިން ހުންނެވި ފާތިމަތު ތައުފީޤު މެއި މަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އެމްއެމްޕީއާރުސީގެ އާ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން، ޕްރިމިއާ ޓްރެވަލް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މިޝަންގައި އިސްކޮށް ހަރަކާތްތެރިވާނެ ކަމަށް ބެލެވެ އެވެ. މި ސިނާއަތުގައި އޭނާގެ ފުޅާ ތަޖުރިބާއާއި ލީޑަޝިޕްގެ އެކި ދައުރުތަކުގައި ސާބިތުވެފައިވާ ޓްރެކް ރެކޯޑް އެމްއެމްޕީއާރުސީގެ މުސްތަޤުބަލަށް ބޭނުން ހިފޭނެއެވެ.
ޝިއުރީގެ ވެރިކަމުގައި އެމްއެމްޕީއާރުސީ އޮތީ ދުނިޔޭގެ އޯޑިއަންސަށް މާކެޓްކުރުމުގައި ތައްޔާރަށެވެ. ރާއްޖޭގެ އިޤްތިޞާދުގެ މުހިއްމު ބައެއް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ ދެމެހެއްޓުމަށާއި ކުރިއެރުވުމަށް އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަކީ ވަރަށް މުހިންމު މަސައްކަތެކެވެ.



