ސްރީ ލަންކާގެ ހޭލީސް ޕީއެލްސީ އާއި އޮމާންގެ އެސް އެންޑް ޓީ އިންޓީރިއާސްގެ ޖޮއިންޓް ވެންޗާ ކުންފުނި އެސް އެންޑް ޓީ އިންޓީރިއާސް ސްރީ ލަންކާއިން ހިލްޓަން ކޮލޮމްބޯ ހޮޓެލް މަރާމާތު ކުރާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި އެވެ.
ހިލްޓަން ކޮލޮމްބޯއަކީ 253 ކޮޓަރީގެ ހޮޓަލެކެވެ. މަރާމާތުގެ ފުރަތަމަ ފިޔަވަހީގައި އެސް އެންޑް ޓީއިން ވަނީ 192 ކޮޓަރި މަރާމާތުކޮށް ނިންމާފަ އެވެ.
މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ހިލްޓަން ބްރޭންޑުގެ ލަގްޒަރީ ސެގްމަންޓުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ހޮޓަލުގެ ގެސްޓުންނަށް ދޭ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންގޮސްދިނުމެވެ.އެސް އެންޑް ޓީ އިންޓީރިއާސްގެ ހެޑް އޮފް ސްޓްރެޓަޖީ އެންޑް ފައިނޭންސް ޗިންތަކަ ޖަޔަތިލަކަ ވިދާޅުވީ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ތާވަލަށް ނިންމައި ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުން ދައްކުވައިދެނީ، އޭނާ ވިދާޅުވި ގޮތުގައި، މި މަސައްކަތަށް އެ ކުންފުނި ގާބިލު މިންވަރެވެ.އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ހޭލީސްގެ ޕީއެލްސީގެ އެގްޒެކެޓިވް ޑިރެކްޓަރު ރުވާން ވައިދިޔަރަތުނެ ވިދާޅުވީ އެ ކުންފުނީގެ ފުރިހަމަ މަސައްކަތާ މެދު ފަހުރުވެރިވާ ކަމަށެވެ."އަޅުގަނޑުމެންގެ މަސައްކަތާ އެކު ހިލްޓަން ކޮލޮމްބޯގެ ހޮސްޕިޓާލިޓީ ފެންވަރު މަތިވުމުގެ އިތުރަށް ލަގްޒަރީ ޓްރެވަލް މަންޒިލެއްގެ ގޮތުގައި ލަންކާގެ މަގުބޫލުކަން ވެސް އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ. އެސް އެންޑް ޓީއިން ބުނި ގޮތުގައި މަރާމާތުގެ މަސައްކަތުގެ ތެރެއިން ވަކިވަކިން ކޮޓަރިތަކުގެ އެންމެ ކުދިކުދި ކަންކަމަށް ވެސް ހާއްސަ ސަމާލުކަމެއް އެ ކުންފުނިން ދީފައިވެ އެވެ. ކޮޓަރިތަކަށް ބޭނުންވާ ފަރުނީޗަރާއި އެންމެ ޒަމާނީ ހިދުމަތްތަކާއި ވަސީލަތްތައް ހިޔާރު ކުރުމުގައި ވެސް އިސްކަން ދިނީ، ގެސްޓުން ގަޔާވާ ފަދަ ހިތްފަސޭހަ މާހައުލެއް އުފެއްދުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.ހިލްޓަން ކޮލޮމްބޯގެ ޗެއާމަން އުޕުލް ދަރުމަދަސަ، އެސް އެންޑް ޓީގެ މަސައްކަތަށް ތައުރީފު ކުރައްވައި ވިދާޅުވީ ފެންވަރު ރަނގަޅު ހިދުމަތާއި ފަރުމާކުރުމުގެ ތަޖުރިބާއާ އެކު އެ ކުންފުނީގެ މަސައްކަތުގައި ހިލްޓަން ބްރޭންޑުގެ މިންގަނޑުތައް ވެސް ހިފެހެއްޓި ކަމަށެވެ."މިއީ ކޮލޮމްބޯގެ ހުރިހާ ފަސް ތަރީގެ ހޮޓެލްތަކާ ފައިހަމަ ކުރުމަށްޓަކައި މި ހޮޓެލް ތައްޔާރުވެ، ފައިދާވާ ފަދަ ތަނަކަށް ހެދުމުގައި އަޅުގަނޑަށް އޮތް މަސްއޫލިއްޔަތު ވެސް ފުރިހަމަކޮށްދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.އުޕުލް ވިދާޅުވީ މަރާމާތުކުރި ކޮޓަރިތަކުގެ ޒަމާނީ ޑިޒައިނާއި ވަސީލަތްތަކާ އެކު ހިލްޓަން ކޮލޮމްބޯއަށް ވާދަވެރި ހޮޓެލްތަކުގެ މައްޗަށް ބޮޑު ކުރިއެރުމެއް ލިބި، ބިޒްނަސް ޓްރެވަލް މާކެޓުގެ އެންމެ ކުރިއަށް ޖައްސާލެވޭނެ ކަމަށެވެ.އޭނާ ވަނީ ހޮޓެލްގެ ހިދުމަތްތަކަށް ބުރޫނާރާ ގޮތަށް މި މަޝްރޫއު ކުރިއަށްގެންގޮސްދިނީތީ އެސް އެންޑް ޓީއަށް ޝުކުރު އަދާކުރައްވާފަ އެވެ.އެސް އެންޑް ޓީ އިންޓީރިއާސް އެންޑް ކޮންޓްރެކްޓިން    ކުންފުނި އުފެއްދީ 1977 ވަނަ އަހަރު، އޮމާންގައި    ހާއްސަ ވަނީ ސިވިލް ކޮންސްޓްރަކްޝަން، އިންޓީރިއާ، ޕްރޮކިއުމަންޓް އަދި ޖޮއިނަރީއަށް (އޮމާންގައި 25،000 އަކަފޫޓުގެ އެންމެ ޒަމާނީ ޖޮއިނަރީ ޕްރޮޑަކްޝަން ފެސިލިޓީއެއް ވެސް ހުރޭ)    އޭޝިއާ، ޔޫރަޕް އަދި މެދުއިރުމަތީގެ 10 ގައުމުގައި އޮޕަރޭޓު ކުރޭ؛ އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ، ލަންކާ، އިންޑިއާ، ބްރޫނައި، ޔޫއޭއީ، ބަހުރެއިން، ގަތަރު، އިޓަލީ، ފްރާންސް އަދި އިނގިރޭސިވިލާތް    އެންމެ މަތީ ފަންތީގެ ހޮޓެލް، ވިލާ، ޕެލެސް، ކޮމާޝަލް އަދި ރެސިޑެންޝަލް ކޮމްޕްލެކްސް ހިމެނޭ ގޮތަށް 150 އަށްވުރެ ގިނަ ބޮޑެތި މަޝްރޫއުތައް ހިންގާފައިވޭ    ފާހަގަކޮށްލެވޭ ބައެއް މަޝްރޫއުތަކުގެ ތެރޭގައި އޮމާންގެ އަނަންތަރާ ޖަބަލް އަލް އަކްދަރު، އަބޫ ދާބީގެ އަނަންތަރާ ގަސްރު އަލް ސަރާބް ޑެޒަޓް ރިސޯޓް، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންކޯސް 3އޭ އަދި ލަންޑަންގެ ލެންގްހަމް ހޮޓެލް އާއި ބެންގަލޫރުގެ ޖޭ ޑަބްލިއު މެރިއޮޓް ހިމެނޭހޭލީސް ޕީއެލްސީ    ދުނިޔޭގެ ފަސް ސަރަހައްދެއްގައި ހިންގާ ކުންފުންޏެއް    ލަންކާގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރޭ؛ އެ ގައުމަށް ބޭރު ފައިސާގެ ގޮތުގައި 650 މިލިއަން ޑޮލަރު އަދި ގައުމުގެ އެކްސްޕޯޓް އާމްދަނީގެ %5.5 ހިއްސާކުރޭ    ފިޗް ރޭޓިންގްސްގައި ހޭލީސްއަށް ޓްރިޕްލް އޭ ރޭޓިންއެއް ވަނީ ލިބިފައި    މިއީ ލަންކާގެ 'ބެސްޓް ކޯޕަރޭޓް ސިޓިޒަން' އެވޯޑު ފަސް ފަހަރު ލިބުނު ހަމައެކަނި ކުންފުނި