މިމަހު 21 ވަނަ ދުވަހު ބޭއްވޭ މަޖިލިސް އިންތިހާބުގައި ރައްޔިތުން ވޯޓުދެއްވަންވީ ތަރައްޤީއަށްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން މަޖިލީސް އިންތިހާބުގެ ވޯޓުލާން ވީ ދުވަސް ވަރަށް ކުޑަތަންވެފައިވާއިރު، ވޯޓުލާ ދުވަހު އަވަސްވެގަންނަންވީ ތަރައްގީއަށް ވޯޓު ދިނުމަށް ނުކުމަވަޑައިގަތުމަށް ކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ " 21 ވަނަ ދުވަހު އަޅުގަނޑުމެން ހެނދުނު ހެނދުނާ އަވަސްވެގަންނަންވީ ތަރައްގީއަށް ވޯޓު ދިނުމަށް ނުކުމަވަޑައިގަތުމަށް، ގައުމުގެ ހަމަޖެހުމަށް ވޯޓު ދިނުމަށް ބާރު ލާފައި އެންމެން ނުކުމެވަޑައިގަތުމަށް، މި ގައުމުގެ މިނިވަންކަމާއި މި ގައުމުގެ ސިޔާދަތާއި އަމަންމާންކަމުގެ ރައްކާތެރިކަމަށް ވޯޓު ދެއްވުމަށް އެންމެން އެކުވެރިކަމާއި އެކީ ގައުމީ ރޫހެއްގައި ނުކުމެވަޑައިގަތުމަށް". ކަމަށެވެ.ރައީސް ވިދާޅުވީ، މި ކަންކަން ހާސިލްވާން އޮތީ ބުއްދީގެ ބޭނުންކޮށް، ވަކިއަތަކަށް ނުޖެހި، ތައައްސުބުން އެއްކިބާވެ ހުރެ މިނިވަންކަމާއި އިންސާފުވެރިކަމާއި، ސަރުކާރަށް ތާއިދުކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން އެކަނި ކަމަށެވެ. އަދި ކުރިމަތިން ފެންނަން ހުރި ކަންކަމަށް ބަލާއިރު، މިހާރު އޮތް މަޖިލީހުގެ ތެރެއިން ފެންނަމުންދާ ހަގީގަތްތަކަށް ބަލާއިރު، މި ނޫން އިތުރު އެއްވެސް ޖަވާބެއް ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ."އަޅުގަނޑުމެންގެ ފިކުރަކީ ތަރައްގީގެ ފިކުރު، އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގެ ތަރައްގީ ޔަގީންކޮށްދޭން، މި މާލެ ސިޓީގެ ރައްޔިތުންނަށް ނުވެފައި ހުރި މި މުހިންމު މައިގަނޑު ކަންތައްތައް ގެދޮރުވެރިކަމުން ގޮސް އެންމެ ކުދި ކަންކަމާއި ހަމައަށް ތަރައްގީ ޔަގީންކޮށްދޭން،". ރައީސް ވިދާޅުވިއެވެ.އެމަނިކުފާނު ވިދާޅުވީ، މި ތަރައްގީ ޔަގީން ކުރުމަށްޓަކައި މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވި ކަމަށެވެ. މާލެ އާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަމަކީ ގެދޮވެރިކަން ކަމަށް ވާއިރު، ގައުމީ މިނިވަންކަމުގެ ކަންކަމަށް ފަހު ދެން އެންމެ ފުރަތަމަ ވައުދަކަށްވެސް ވެވަޑައިގެންނީ ގެދޮރުވެރިކަމުގެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ."މި ވައުދު ނުފުއްދޭނެ މިކަމަށް ހުރަސް އަޅާނެ ބަޔަކު ރައްޔިތުންގެ ތެރޭގައި ރެއާ ދުވާލު، ސަރުކާރާއި ދެކޮޅަށް ވަކި އެޖެންޑާތަކެއް ކުރިއަށް ލައިގެން ކުރިއަށްދާނެ ބަޔަކު އިހްތިޔާރުކޮށްފިއްޔާ،".  އޭގެ ބަދަލުގައި މި މުހިންމު ހައްސާސް މައްސަލަ ބާރު ސްޕީޑްގައި ގެންގޮސް، އެމަނިކުފާނު ވައުވެވަޑައިގެންނެވި ގޮތަށް މި ފަސް އަހަރު ގެދޮރުވެރިކަން ޔަގީންކަން، ހާސިލް ކުރެވޭނީ ވިސްނުމާއި އެއްގޮތަށް އެއްބާރުލުން ދޭނެ ބަޔަކު ހިޔާރު ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ."ސަރުކާރުން ބިލެއް ހުށަހަޅާއިރަށް ބޭރުކޮށްލާ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫއެއް ހިންގަން ވެގެން ބޭރުގެ އެހީއެއް ހޯދަން ހުއްދައަށް އަހާލާއިރުގައި އެކަން އެޖެންޑާ ނުކޮށްދީ، އެކަން ދުވަހެއް ބޭކާރުކޮށްލާ، މަޖިލީހުން އެކަން އެތައް ގޮތްގޮތުން އުނދަގޫކޮށް، ރައްޔިތުން އެކަން ކުރުމުގެ ފުރުސަތު ދިނުން، މިފަދަ ކަންކަމަށް މި މަޖިލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ގައިމުވެސް ނުވިސްނޭ." އަދި އެގޮތަށް މަޖިލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވ