އާސަންދަ ރިކޮމެންޑޭޝަން ފޯމު ދެން ބަލައިގަންނާނީ ހަމައެކަނި "މައި އާސަންދަ" ޕޯޓަލް އިން ކަމަށް އާސަންދައިން ބުނެފިއެވެ.
އާސަންދައިން މިއަދު ބުނީ މެނުއަލްކޮށް ޑޮކްޓަރު ފުރައިދެއްވާ އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓާލާފައިވާ ކަމަށާއި، 1 ޖޫން އިން ފެށިގެން ފޯމު ބަލައިގަންނަމުން އަންނަނީ ހަމައެކަނި ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތައްވެސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް އާސަންދައިން ބުންޏެވެ.
އާސަންދަ ސްކީމްގެ ދަށުން މި އަހަރުގެ ފުރަތަމަ ކުއާޓަރގައި 276,439 މީހުން ވަނީ ޚިދުމަތް ހޯދާފައެވެ. އޭގެ ތެރޭގައި އިމަޖެންސީގައި އިވެކުއޭޓްކުރެވުނު ޕޭޝަންޓުންގެ އަދަދު 1,599 އަށް އަރާއިރު، 1,691 ޕޭޝަންޓުން ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އާސަންދައިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން އާސަންދައިން ބުނީ މި އަހަރުގެ ފުރަތަމަ ކުއާޓަރގައި އާސަންދައިގެ ދަށުން ދޭ ފަރުވާތަކަށް ޖުމްލަ 838 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.



