20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ 5 މެމްބަރަކު ކަނޑައަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެމްބަރުން ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިންނެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅި 5 މެމްބަރުންނާއި ޚިދުމަތުގެ މުއްދަތަކީ:
- މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް – 19 އަހަރާއި 3 މަސް
- މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް – 15 އަހަރު
- އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް – 15 އަހަރު
- ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ – 15 އަހަރު
- މަހިބަދޫ ދާއިރާގެ މެމްބަރު – އަހުމަދު ތާރިޤް – 10 އަހަރު
މި މެމްބަރުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ނެތް ޙާލަތުގައެވެ. އަދި ރިޔާސަތު ބަލަހައްޓާ މެމްބަރުން ތަރުތީބުވާނީ އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެމްބަރުންގެ ތަރުތީބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ވަނީ ބުނެފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި ނައިބު ރައީސް އަކީ ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމް އެވެ.



