މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ހުޅުމާލެއިން 210 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި އެވެ.
އެމްއެމްއޭއިން ހުޅުމާލެއިން ގަތީ 43،400 އަކަފޫޓުގެ ބިމެކެވެ. އެ ބިން ގަތީ 210 މިލިއަން ރުފިޔާއަށް އެޗްޑީސީގެ އަތުންނެވެ.
އެ ބިމުގެ އަގަށްވާ ފައިސާ މިދިޔަ ޖެނުއަރީ މަހު އެމްއެމްއޭއިން ވަނީ އެޗްޑީސީއަށް ދައްކާފަ އެވެ. އެހެންވެ އެ ބިން އެމްއެމްއޭއަށް މިލްކުވެފައިވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.
އެމްއެމްއޭއިން މިދިޔަ އަހަރު ވެސް ހުޅުމާލެއިން އެ އަގުގައި ހަމަ އެ ވަރުގެ ބިމެއް ގަނެފައިވެ އެވެ.
އެ ބިން ގަތީ، އޭރު އެމްއެމްއޭއިން ބުނި ގޮތުގައި ދައުލަތުގެ ހަޒާނާ ރައްކާތެރިކޮށް ބަލަހައްޓަން އިތުރު ބިމެއް ބޭނުންވާތީ އެވެ.



