ޕެރިސް ސެއިންޓް ޖާމައިންއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާ ގުޅިގެން، އިއްޔެރޭ ޗެމްޕިއަންސްލީގުގެ ތަށި އުފުލާލި ރެއާލް މެޑްރިޑުން ހިލޭ ޓްރާންސްފާއެއްގައި ކިލިއަން އެމްބާޕޭ ގެންނަނީއެވެ.
ފްރާންސްގެ ފޯވާޑް ރަސްމީކޮށް ކްލަބާ ގުޅެނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. އެމްބާޕޭގެ އަހަރީ މުސާރަ 15 މިލިއަން ޔޫރޯ އާއި 20 މިލިއަން ޔޫރޯއާ ދެމެދުގެ އަދަދަކުން ފެށޭއިރު ކޮންމެ އަހަރަކުވެސް މުސާރަ ބޮޑުކުރާނެ ކަމަށް ބެލެވެއެވެ.
ރެއާލް މެޑްރިޑުން ގިނަ ދުވަސްތަކެއް ވަންދެން އެމްބާޕޭއަށް ފާރަލާފައިވާއިރު، އޭނާގެ މި ޓްރާންސްފާއަކީ އޭނާ ދެކެމުން އައި ހުވަފެނެއް ފުރިހަމަކޮށްދޭ ކަމެކެވެ.
މިހާރު ފްރާންސްއާއެކު ޔޫރޯ 2024 އަށް ތައްޔާރުވަމުން އަންނަ އެމްބާޕޭ އަކީ މިވަގުތު ދުނިޔޭގެ އެންމެ ހަލުވި އަދި އިތުބާރުކުރެވޭ ޒުވާން ސްޓްރައިކަރެވެ.



