ރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގައި އިންވެސްޓްކުރެވޭނެ އެންމެ ކުޑަ އަދަދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލެއް ގެންނަވައިފައެވެ.
ގެޒެޓުގައި ޝާއިޢުކުރެވުނު ގަރާރުގައިވާ ގޮތުން:
1. އެސްއީޒެޑެއްގައި ކުރެވޭނެ މަސައްކަތްތަކަކީ:
- ޖުމްލަ 100 މިލިއަން ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓްތައް
- 500 މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ދެމެހެއްޓެނިވި ތަރައްޤީގެ އުސޫލުތަކާ އެއްގޮތަށް ޓައުންޝިޕެއް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތައް
2. އިސްތިރާޖީ ގޮތުން މުހިންމު 100 މިލިއަން ޑޮލަރަށްވުރެ ކުޑަނޫން އިންވެސްޓްމަންޓްތަކުގެ ތެރޭގައި ހިމެނެނީ::
އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތުގެ މަސައްކަތްތައް.
ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއަރޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގ ސަރވިސަސް.
ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޕާކް، އައި.ސީޓީއާ ގުޅޭ ފެސިލިޓީތައް.
އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
އިޢާދަ ކުރަނިވި ހަކަތައިގެ ދާއިރާ.
ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
ފުޑް ސެކިއުރިޓީގެ ދާއިރާ.
ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.
އޭގެ އިތުރުން ޖުމްލަ 500 މިލިޔަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ތަރައްގީކުރަން ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި އެންމެ ކުޑަ އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅާފައިވާ 500 މިލިޔަން ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށް ކަމަށް ވެސް ވަނީ ނިންމައިފައެވެ.






