ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން 5 ދާއިރާއަކުން ދިނުމަށް ނިންމާ އެވޯޑު ދިނުމުގައި އަމަލުކުރާނެގޮތުގެ އުސޫލު އާއްމުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން ވިދާޅުވީ، މިއެވޯޑު ދިނުމުގެ ބޭނުމަކީ ދައުލަތުގެ ހުރިހާ ކުންފުނިތަކަކީ ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތަކަކަށްވުމަށް ބާރުއަޅައި، ހިތްވަރު ދިނުމާއި، ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސަށް އަމަލުކުރާ ކުންފުނިތަކާއި، ކުންފުނިތަކާ ގުޅުންހުރި ފަރާތްތަކުގެ އަގުވަޒަންކުރުން ކަމަށެވެ.
އެގޮތުން އައުޓްސްޓޭންޑިންގ ބޯޑު ޗެއަރމަން، އައުޓްސްޓޭންޑިންގ މެނޭޖިންގ ޑިރެކްޓަރ، އަދި އައުޓްސްޓޭންޑިންގ ކޮމްޕެނީ ސެކްރެޓަރީ އެވޯޑު ދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ އެ އުސޫލަށް އަމަލުކުރަން ފަށާތާ 1 އަހަރު ދުވަސް ފަހުންނެވެ.
މިއެވޯޑްތަކަށް ނޮމިނޭޓް ވާނީ ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން "ކޯޑް އޮފް ކޯޕަރޭޓް ގަވަރނަންސް ފޮރ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް" އަށް އަމަލު ކުރަން ޖެހޭ ސީއެމްޑީއޭގައި ލިސްޓްކޮށްފައި ނުވާ، ދައުލަތް ހިއްސާވާ ކުންފުނިތަކެވެ.
މި އެވޯޑް ދޭނެ ފަރާތްތައް ކަނޑައެޅުމުގެ ކަންކަން ކުރާނީ ކޯޕަރޭޓް ގަވަރނަންސް އެވޯޑު ކޮމެޓީންނެވެ.



