ރީޖަނަލް އެއަރޕޯޓްސް ކޮމްޕަނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން، ރައީސުލް ޖުމްޙޫރިއްޔާ ފ. ފީއަލީއަށް ކުރި ދަތުރުފުޅުގައި ރައްޔަތުންނާ ބައްދަލުކުރެއްވުން ނަމުގައި ކުރިއަށް ދިޔަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ރާއްޖޭގައި 19 އެއަރޕޯޓެއްގެ ތަރައްގީގެ މަސައްކަތް އެކިއެކި މަރުހަލާތަކުގައި ކުރިއަށް ދާކަމުގައެވެ.
މުބީން ވިދާޅުވިގޮތުގައި އިޤްތިސާދީ ގޮތުން ރާއްޖެ މިހާރު މިއޮތް ހާލަތަށް ބަލާއިރު މިހާރު މިހާރުމިއޮތް ހާލަތުން އެހެންހާލަތަކަށް ބަދަލުކުރުމަށްޓަކައި މިހާރު ހުރި އެއަޜޕޯޓު އެޅުމުގެ މަސައްކަތް ކުރަމުންދާ އެއަރޕޯޓުތައް އެއްކޮށް ޖުމްލަ 19 އެއަރޕޯޓެއްގައި ތަރައްގީގެ އެކިއެކި މަސައްކަތްތައް މިހާރުވެސް ކުރެވެމުން އެބަދާކަމަށެވެ. އަދި އެކަމުގެ ނަފާ ސީދާ ރައްޔަތުންނަށް ކުރަމުން ދާނެ ކަމުގައެވެ.
ރިޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ޓޫރިޒަމް ކުރިއެރުމަށްތަކައި އެއަރޕޯޓުތައް ވައިގެ މަގުން ގުޅާލުމުގެ ބޮޑެތި މަސައްކަތްތަކެއްވެސް ކުރެވެމުންދާ ކަމުގައި މުބީން ވިދާލުވިއެވެ.
މުބީން ވިދާޅުވިގޮތުގައި މިދައުރުގެ މިހާކުރީކޮޅު މިފަދަ ބޮދެތި މަސައްކަތްތަކެއް މިހާ އިސްކަންދީގެން ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔަތުން އެދޭގޮތަށް ރައްޔަތުންނަށް ވި އެންމެ އަވަހަށް ކަންނަން ފުރިހަމަ ކޮށްދިނުމެވެ. އަދި މި ކަމަކީ ރައީސުލް ޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނުހަނު އިސްކަމެއް ދެއްވައިގެން ބައްލަވަމުން ގެންދާ ކަމެއްކަމުގައެވެ.
މި ސަރުކާރުން ކައުންސިލްތައް ބާރުވެރި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ އިރު އެކަމާ އެކު އެކީގައި މި ކުރެވޭ މަސައްކަތްތަކަކީވެސް ރައްޔަތުންގެ މަސްލަހަތު އިސްކުރައްވައިގެން ކުރެވެމުން އަންނަ ކަމެއްކަމުގައި ވެސް މުބީން ވަނީ ވިދާޅުވެފައެވެ،
ރިޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ގެ އިރުޝާދުގެ ދަށުން އައު ސަރުކާރުގެ ޕްލޭންއާ އެއްގޮތަށް މުޅި ރާއްޖޭގެ އެކިއެކި އެއަރޕޯޓް ތަކުގެ މުހިންމު އެތަށް މަސައްކަތްތަކެއް މިހާރުވެސް އަންނަނީ ކުރެވެމުންނެވެ.








