ރީގަނަލް އެއަރޕޯޓްސް ކޮމްޕަނީގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން އެއް އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އަލުން އިންޓަރނެޝަނަލް ދަތުރުތައް ފަށައިފިއެވެ.
އެއަރޕޯޓްސް ކޮމްޕަނީން ބުނީ ދަތުރުތަކަށް މެދު ކެނޑުމެއް އައީ އެެއަރޕޮޓް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓް ފެށުނު ހިސާބުން ކަމަށެވެ. އަދި މަޝްރޫއު ފެށުމުގެ ކުރިންވެސް ކުންފުނީގެ އަމާޒަކަށްވެފައިވަނީ އެއަރޕޯޓުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް އެއްވެސް ބުރުލެއް ނުގެނެސް މަަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ. އެހެންނަމަވެސް ތާވަލާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް އަވަހަށް ޕްރޮޖެކްޓް ނިންމާލުމަށްޓަކައި އެއަރޕޯޓް އޮޕަރޭޓް ކުރާ ގަޑިތަކަށް ގެނައި ބަދަލުތަކުގެ ސަބަބުން އިންޓަރނޭޝަނަލް ފޮލައިޓް ކެންސަލް ކޮށްލަން ޖެހުން ކަމަށެވެ.
އެއަޜޕޯޓް ހިދުމަތްތައް ތަރައްޤީކޮށް އިތުރަށް ފުޅާާ ކުރުމަށްޓަކައި 2465 މީތަރުގެ އައު ރަންވޭއެއް އެޅުމުގެ މަސައްކަތުގެ ތެރެއިން، މިހާރު ވަނީ 1200 މީޓަރުގެ މަސައްކަތް އެއްކޮށް ނިމި މިހިނގާ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާލެވިފައިވާކަމަށް ވެސް ބުންޏެވެ.
2465 މީޓަރުގެ އައު ރަންވޭގެ މަސައްކަތް އެއްކޮށް ފުރިހަަމަކޮށް މި ހިނގާ އޭޕްރިލް މަހުގެ ނިޔަލަށް މިންމާލެވޭނެ ކަމަށާއި އިންޓަރނޭޝަނަލް ފުލައިޓް އޮޕަރޭޝަން އަލުން ފެށުމާ އެއްކޮށް، ހަފްތާއަކު ދެ ފުލައިޓް (ހުކުރު އަދު ހޯމަ) ދުވަހު އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ރީޖަނަލް އެއެރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު މުބީން ގެ އިރުޝާދުގެ ދަށުން އާ ސަރުކާރުގެ ޕްލޭންއާ އެއްގޮތަށް މުޅި އެއަރޕޯޓްގެ މަސައްކަތްތަށް މިހިނގާ 2024 ވަނަ އަހަރުގެ ނޮވެންބަރ މަހު ނިމި އޮޕަރޭޝަން އަށް ހުޅުވާލެވިގެން ދާނެކަމަށް ވެސް އެއާރޕޯޓް ކޮމްޕަނީން ވަނީ ބުނެފައެވެ.








