ރާއްޖެއަށް ކުރަމުންދާ މި ގަދަ ވިއްސާރައާ ގުޅިގެން ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ. 

މޫސުމާއިބެހޭ ޤައުމީ އިދާރއިން ހުދު ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ދަންވަރު 3:45 އިން ހެނދުނު 8:00 އާއި ހަމައަށެވެ.

މެޓު އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 

ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުން އަންނައިރު، ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އެފަދަ ހާދިސާތައް ހިނގާފައިވާތީ ކަމާއި ބެހޭ އިދާރާތްތަކުން ވަނީ ފެންބޮޑުވެ، ފެން ވަދެފައިވާ ގެތަކަށް އެހީތެރިކަން ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ.