އެމްޓީސީސީއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 4 ރުފިޔާގެ މަގުން ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.
އެމްޓީސީސީއިން ބުނީ 2023 ވަނަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ޖުމްލަ 32 މިލިއަން ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ.
ހިއްސާގެ ފައިދާ ބަހާނީ މެއި 23ގެ ނިޔަލަށް އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހިއްސާދާރުންނަށެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބިފައިވާއިރު، ސާފު ފައިދާގެ ގޮތުގައި ލިބުނީ ފަސް މިލިއަން ރުފިޔާ އެވެ.



