އިނިގިރޭސި އެފްއޭކަޕް ތަށި އުފުލާލި މެންޗެސްޓަރ ޔުނައިޓެޑްގެ ބްރެޒިލްގެ މިޑްފިލްޑަރު ކަސެމީރޯގެ ސޮއި ރޮނާލްޑޯގެ އަލް ނަސްރުން ހޯދަން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށައިފިއެވެ.
އަނިޔާގެ ސަބަބުން 15 މެޗު ގެއްލުނު އުމުރުން ބައްތިރީސް އަހަރުގެ ކަސެމީރޯ ވަނީ 32 މެޗުގައި ޔުނައިޓެޑަށް 5 ގޯލު ޖަހައި 3 ގޯލު އެސިސްޓް ކޮށްދީފައެވެ.
މި ހޫނު މޫސުމުގައި ކަސެމީރޯގެ ސޮއި ހޯދަން އަލްނަސްރުން މަސައްކަތް ކުރަމުންދާއިރު މިވަގުތު އެޓީމު އޮތީ ސައޫދީ ޕްރޯ ލީގުގައި ދެވަނައިގައެވެ.
އެންމެ ފަހުން ކުޅުނު 3 މެޗުގަިއވެސް ރަނގަޅު ނަތީޖާތަކެއް ނެރުނު ރޮނާލްޑޯގެ ޓީމުން އެއްވަނައިގައި އޮތް އަލްހިލާލްއާ ދެކޮޅަށް ކުޅުނު މެޗު 1-1 ން އެއްވަރުވީއިރު، މިރޭ ނުކުންނާނީ ތިންވަނައިގައި އޮތް އަލް އިއްތިހާދާއި ދެކޮޅަށެވެ.


