ރ. އުނގޫފާރު މަގެއްގައި އޮތް ފެންގަނޑަކަށް ކަަރަންޓް އައުމުން ދެ ކުއްޖަކު ސަލާމަތް ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ. މޫސުން ގޯސް މި ދުވަސްވަރުގައި އުނގޫފާރަށް ވެސް ކުރި ވިއްސާރައިގައި މަގުތަކުގައި ފެން ހެދުނެވެ. އޭގެ ތެރެއިން ފެންގަނޑަކަށް ކަރަންޓް އައީ އެތަނުގައި ހުރި ހޮޅިދަނޑިއަކަށް ގުޅާފައި ހުރި ކޭބަލަކުންނެވެ. އޭރު އެ ފެންގަނޑުގައި ދެ ކުއްޖަކު ކުޅެން އުޅުނެވެ.
- އެ ހާދިސާގައި އެ ދެ ކުދިންނަށް ވެސް އަނިޔާވި ނަމަވެސް ބޮޑުވަރުވީ، އެ ކުދިން ސަލާމަތް ކުރަން ނުކުތް ހުސެން އަތީކަށް
- އޭނާގެ ހާލު ސީރިއަސްވީ އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ކަރަންޓު ހޮޅިދަނޑީގައި އަތްލެވުމުން
- އަތީކް އޮތީ ވަރަށް ބޮޑަށް ދުޅަވެ ސިފަ ގެއްލިފައި. އެއީ ކާކު ކަމެއް ވެސް ފުރަތަމަ ނޭނގުނު.
- ފުއްޕާމެ އާއި އެތެރެހަށީގެ ގިނަ ގުނަވަންތަކަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު


