ބޮޑެތި ޑިސްކައުންޓުތަކާއެކު، އައިކެއާއިން މާދަމާ "އިޔާ އެންޑް ސޭލް" ފަށަން ނިންމައިފިއެވެ.
އައިކެއާއިން ބުނީ، މި ޕްރޮމޯޝަނުގެ ދަށުން އެންމެ ފަހުގެ ފްރޭމެއް 490 ރުފިޔާއަށް ލިބޭނެ ކަމަށެވެ. އަދި 4,000 ރުފިޔާއިން މަތީގެ ހޯޔާ ޕްރިމިއަމް ލެންސެން ގަނެގެން ހިލޭ ފްރޭމެއް ހޯދުމުގެ ފުރުޞަތު ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައިކެއާއިން ބުނީ އަވިއައިނަށް ވެސް އިތުރު ޑިސްކައުންޓުތައް ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 11 ގެ ނިޔަލަށް ކަމަށް އައިކެއާއިން ބުންޏެވެ.
އައިކެއާއިން ބުނީ ފުވައްމުލަކާއި އައްޑޫ ސިޓީ އައުޓްލެޓްތައް ހިމެނޭ ގޮތަށް އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ ފިހާރައެއްގައި މި ސޭލް ކުރިއަށްދާނެ ކަމަށެވެ.



