ކަދުރަކީ މުސްލިމުންނަށް ވަރަށް ހާއްސަ މޭވާ އެކެވެ. ވަކިން ޚާއްސަކޮށް ރޯދަ މަހު ކަނދުރުގެ ބޭނުން އިތުރުވެ އެވެ.ރާއްޖެއަކީވެސް އެންމެ ރިވެތި މުސްލިމު ސަގާފަތް އޮތް ގައުމެއްގެ ގޮތުން ކަދުރުގެ އުފާވެރިކަން އޮތް ގައުމެކެވެ.ރޯދަ މަހުގެ ރޯދަ ކަދުރުން ވީއްލުމަކީ މުސްލިމުންގެ މައްޗަށް ސުންނަތެކެވެ. އެހެންކަމުން ކަދުރުގެ މުހިންމުކަމާއި އުފާވެރިކަން މުސްލިމުންނަށް ވަކީން ހާއްސަ އެވެ.ކަދުރަކީ އެ މޭވާ އެއްގައި ވަރަށް ގިނަ އަދަދަކަށް ފައިބާ އެކުލެވޭ މޭވާ އެކެވެ. ހަމައެހެންމެ އެހާ ގިނަ މިންވަރަކަށް އެންޓިއޮކްސިޑަންޓްސް އެކުލެވިގެންވެ އެވެ. ކަދުރުގައި ހިމެނޭ ވިޓަމިންސާއި މިނަރަލްސް އަދި ދަގަނޑުގެ ބާވަތުން ކަދުރަކީ ފައިދާ އެހާމެ ގިނަ މީރު އަދި ލުއި ކެއުމެކެވެ.ކަދުރުން ސިއްހަތަށް ކުރާ ފައިދާ ތަކުގެ ތެރޭގައި ސިކުނޑީގެ ދުޅަހެޔޮކަމާއި ކެންސަރު ފަދަ ބަލިތަކާއި އެހެނިހެން ބަލިތަކުން ދިފާއުކޮށްދެ އެވެ. އަދި ހަށިގަނޑުގެ ހަޖަމުގެ ނިޒާމާއި ހިތުގެ ދުޅަހެޔޮކަން ދަމަހައްޓައިދެ އެވެ.މާބަނޑު މީހުންނަށް ފަސޭހައިން ވިހެއުމަށް މަގުފަހިވާ މާއްދާތަކެއް ކަދުރުގައި ހިމެނޭތީ މިއީ މާބނޑުމީހުންނަށްވެސް އެހާމެ ރަނގަޅު ލުއި ކެއުމެކެވެ. އަދި ކަދުރުން ހަށިގަނޑަށް ބޭނުންވާ ޠަބީއީ މޭވާގެ ފޮނިކަން ފުރިހަމައަށް ލިއްބައިދެ އެވެ. ހަކުރު ބަލި ހުންނަ ފަރާތްތަކަށްވެސް މަދު މިންވަރަކަށް ކަދުރު ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް ޑޮކްޓަރުންގެ ލަފާ މިފަދަ ކަންކަމުގައި ހޯއްދަވަންވާނެ އެވެ.ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކާނާގެ ތެރޭގައި ކަދުރަކީ ހަމަ އެންމެ ރަނގަޅު އެންމެ ފައިދާ ހުރި އެއް މޭވާ އެވެ.








