ރާއްޖެއާ އެކު ފްރީ ޓްރޭޑު އެގްރިމެންޓެއް ހަދަން އިންޑިއާ އިން ބޭނުންވާ ކަމަށާއި އެގައުމުން އިސްވެ އެ ހުށަހެޅުން ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.ވީ ކިހިނެއް؟ - މިއަދު އިކޮނޮމިކް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ އިންޑިއާއާއެކު ބޭއްވި މަޝްވަރާތަކުގައި އެފަދަ އެއްބަސްވުމެއް އޮންނަން އިންޑިއާ އިން ބޭނުންވާކަން އެގައުުމުން ހާމަކޮށްފައިވާ ކަމަށެވެ.ބުނީ ކީކޭ؟ - "އެބޭފުޅުން ބޭނުންވޭ އެފަދަ އެގްރިމެންޓެއް އޮންނަން ވަކިން އަދި ސަފްޓާ (ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ) ގެ އިތުރަށް ވެސް. ރައީސް ވަނީ އެ ފުރުސަތު ހުރިހާ ގައުމަކަށް ވެސް ހުޅުވާލާފައި،" ސައީދު ވިދާޅުވި އެވެ.އިންޑިއާ އާއެކު ރާއްޖެއިން ފްރީ ޓްރޭޑު އެއްބަސްވުމެއް ހަދަން އެ ގައުމުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އިރު:
- ހާއްސަ ހުއްދައިގެ ދަށުން ޒަރޫރީ ކާބޯތަކެތި ރާއްޖެ އެތެރެ ކުރުމުގެ ހުއްދަ ވެސް އިންޑިއާ އިން ރާއްޖެއަށް ދީފައިއޮވޭ
- އޭގެ ތެރޭގައި ފިޔާ، ބިސް އަލުވި އަދި ކާޑުގެ ބާވަތްތަކާއި މުގު ހިމެނޭ


