ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާ ކ. ފުނަދޫ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަދި ވެރި ރަށް މާލެ މޮނޯރެއިލްއިން ގުޅާލުމަށްދުބާއީގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ (އިފްޒާ) އާ ހަވާލުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ ފުނަދޫ ތަރައްގީ ކުރުމުގެ ގޮތުން އެ ރަށުގައި މިހާރު ހުރި ފިއުލް ފާމް ވެސް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ.
އެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމައި އެއާ އެކުއެކީގައި ފުނަދޫގެ އިމާރާތްތަކުގެ ކުރެހުންތަކާއި އެހެނިހެން މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.އެސްއީޒެޑްގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ތަރައްގީކޮށް ހިންގުމަށް ހަވާލުކުރީ ވެސް އިފްޒާއާއެވެ.
ސަރުކާރުން ވިދާޅުވީ މި ހުރިހާ މަސައްކަތަކަށް ފައިސާ ހަރަދު ކުރާނީ އިފާޒްއިން ކަމަށެވެ.އެއްބަސްވުމުގެ ދަށުން އިފާޒްއިން ތަރައްގީކުރަނީ ކ. ފުނަދޫގައި ތަރައްގީކުރާ ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އެވެ.މިނިސްޓަރު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" އަށް އިންޓަރނޭޝަނަލް ފްރީ ޒޯން އޮތޯރިޓީން އިންވެސްޓްމަންޓް ފައިނޭންސް އާއި އިންވެސްޓަރުން ގެނެސްދޭނެ ކަމަށެވެ. މަޝްރޫއާއެކު ގިނަ އަދަދެއްގެ އާ ވަޒީފާތައް އުފެދިގެންދާނެ ކަމަށް ވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.


