ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލައިފިއެވެ.
އެ ޕާޓީ އުވައިލީ މިވަގުތު ސިޔާސީ ޙަރަކާތުގައި އެއްފިކުރެއްގެ ބަޔަކު ދެޕާޓީއެއްގައި ތިބުމަކީ މުހިންމު ކަމެއް ކަމަށް ނުދެކޭތީއާއި ވެރިކަންކުރާ ޕީއެންސީ އާއި ޕީޕީއެމްގެ ވެސް ފިކުރަކީ އެއް ފިކުރެއް ކަމަށް ވާތީ އެވެ.
ޕީޕީއެމްގެ ދަފްތަރުގައި ތިބި އެންމެން ކަހަލަ ގޮތަކަށް މިހާރު ދަނި ޕީއެންސީ އަށް ބަދަލު ވަމުންނެވެ.
42 މެމްބަރުންގެ އިއްތިފާޤުން ޕީޕީއެމްގެ ސެނެޓުން އެ ޕާޓީ އުވައިލީ އެ ޕާޓީގެ އަސާސީ ޤަވާޢިދުގައި ބުނާ ހަމަތަކުގެ މަތީންނެވެ.
ޕީޕީއެމްގެ އަސާސީ ޤަވާޢިދުގެ 61 ވަނަ މާއްދާގެ (ނ)ގައި ވާގޮތުގެ މަތީން އެޕާޓީ އުވާލަން ސެނެޓުން ނިންމިއިރު، އެ ޕާޓީ އުވައިލުމުގެ އިދާރީ މަސައްކަތް ކުރެއްވުމަށް 3 ބޭފުޅުންގެ ނެގިއެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ޕީޕީއެމްގެ ނައިބުރައީސް ޣައްސާން މައުމޫން އާއި، ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްގެ އިތުރުން ސެނެޓް މެމްބަރު މުއާޒް ޙަލީމެވެ.
ރާއްޖޭގެ ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕީޕީއެމްގެ ޙަޤީޤީ ބަނީ އަކީ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމެވެ. ރައީސް ޔާމީން އަކީ ޕީޕީއެމްގެ ދެވަނަ ލީޑަރެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ކެންޑިޑޭޓެއް ނެރުމަށް ރައީސް ޔާމީން ބޭނުންފުޅު ނުވުމުން، ޕީއެންސީން ވަނީ އޭރުގެ މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އަށް ޓިކެޓް ދެއްވައި ރިޔާސީ އިންތިޚާބަށް ނެރެ ބޮޑު ތަފާތަކުން އެމްޑީޕީ ބަލިކޮށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާދައިކަން ފާހަގަ ކުރެވެއެވެ.
ރައީސް ޔާމީން ޕީޕީއެމް ދޫކުރައްވައި ފެޔަށް ވަޑައިގެންނެވުމަކީ ވެސް، ޕާޓީ އުވައިލަން ޖެހުނު މައިގަނޑު އެއް ސަބަބެވެ.



