ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހު ދަތުރުކުރެވޭ ވަރަށް މޫސުން ރަނގަޅުވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފައިވާތީ ކާބޯތަކެއްޗާއި ޒަރޫރޫ އެހެން ތަކެތި ރަށްރަށަށް ގެންދިއުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.އެ އިދާރާއިން މިއަދު "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ މާދަމައިން ފެށިގެން މި މަހު 29 އަށް ކަނޑުދަތުރު ކުރެވޭ ވަރަށް މޫސުން ތަންދޭނެ ކަމަށެވެ.އެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް ކާޑުގެ ބާވަތްތަކާއި އެހެނިހެން ޒަރޫރީތަކެއްޗަށް ދަތިވެފައިވާ ކަމަށެވެ."ވީމާ ރަށްރަށުގެ ހާލަތު ބައްލަވައި މި މުއްދަތުގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށަށް ގެންދިޔުމަށް އިލްތިމާސް ކުރަމެވެ،" އެންޑީއޭގެ ޕޯސްޓުގައިވެ އެވެ.މިދިޔަ ހަފްތާއެއްހާ ދުވަހު ރާއްޖޭގެ ހުރިހާ ހިސާބެއްގެ މޫސުން ވަނީ ގޯސްވެފަ އެވެ. އެހެން ކަމުން ކަނޑުދަތުރުފަތުރާއި ވައިގެ ދަތުރުފަތުރަށް ވެސް ބުރުއަރައިގެން ދިޔަ އެވެ.