ލ. ފޮނަދޫގައި ޝޮޕިން ކޮމްޕްލެކްސްއެއް ހަދައި، ހިންގާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ.
ފޮނަދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އެ ރަށުގައި ޝޮޕިން ކޮންމްޕްލެކްސްއެއް އެޅުމަށް 15،000 އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ޝޮޕިން ކޮމްޕްލެކްސްއެއް ތަރައްގީކޮށް ހިނގުމަށް ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކުއްޔަށް ދޫކުރަނީ އެ ރަށުގެ ދަ ޖެމްކިޗަންގެ ދެކުނުން ބޮޑުތަކުރުފާނުމަގުގެ ހުޅަނގުން ބޮޑުމަގުގެ އުތުރުން B-99 ބްލޮކްގައި އޮންނަ ބިމެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.



