ފައިނަލުގައި ލެވަކޫސަން ބަލިކޮށް، އެޓްލަންޓާއިން ޔުރޮޕާ ލީގުގެ ތަށި ކާމިޔާބުކޮށްފި އެވެ.
މިއީ މި ސީޒަނުގައި ވެސް ލެވަކޫސަން ބަލިވި ފުރަތަމަ މެޗެވެ. ޖަރުމަނު ލީގު ވެސް އެ ޓީމުން ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ އެވެ.
އެޓްލަންޓާއިން ރޭގެ މެޗު ކާމިޔާބުކުރީ އަޑެމޯލާ ލުކްމަންގެ ހެޓްރިކްއަކާ އެކު އެވެ. މެޗުގައި ލެވަކޫސަނުން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް، ގޯލާ އަމާޒުކޮށް ގިނަ ހަމަލާ އުފެއްދީ އެޓްލަންޓާއިންނެވެ.
މިއީ އެޓްލަންޓާއިން ޔޫރަޕުގެ ބޮޑު މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.



